އައިއެސްގެ ބާރުގެދަށުން މިނިވަންވި މޯސުލް ސަރަހައްދުތަކުގެ އަންހެން ކުދިން ސްކޫލަށް ދާންފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އައިއެސްގެ ބާރުގެދަށުން މިނިވަންވި މޯސުލް ސަރަހައްދުތަކުގެ އަންހެން ކުދިން ސްކޫލަށް ދާންފަށައިފި
އައިއެސްގެ ބާރުގެދަށުން ސަލާމަތްކުރެވިފައިވާ މޯސުލްގެ ސަަރަހައްދުތަކުގެ އަންހެން ކުދިން ސްކޫލަށް ދާން ފަށައިފިއެވެ.

އެކުދިންނަށް ކިޔެވުން ހުއްޓާލަންޖެހުނީ އެކުދިން ދިރިއުޅޭ ސަރަހައްދުތައް އައިއެސްގެ ބާރުގެދަށަށް ދިއުމުންނެވެ. އަންހެން ކުދިން ކިޔެވުމަކީ އައިއެސްއިން ޤަބޫލުކުރާ ކަމެއް ނޫނެވެ.

އަހަރުވަންދެން ކިޔެވުން މެދުކަނޑާލަންޖެހުމުން ކުދިންގެ ކިޔެވުމަށް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. އުމުރުން މަތިވި ނަމަވެސް ދަށް ގްރޭޑްތަކުން ފަށަންޖެހޭތީއެވެ.

ކިޔަވަންދާން ފެށި ކުދިން ބުނީ ސްކޫލަށް ނުދެވިތިބިއިރު އެކަމަށްޓަކައި ވަަރަށް ހިތާމަކުރި ކަމަށާއި ކިޔަވަންދާން ފެށުމުން އުފާކުރާ ކަމަށެވެ.

ކިޔަވަންދާން ފެށީ މިއަހަރުގެ ޖަނަވަރީމަހު އައިއެސްގެ އަތްދަށުން މިނިވަން ކުރެވުނު ސަރަހައްދުތަކުގައެވެ. އެހެން ސަރަހައްދުތަކުގައި އަދިވެސް ކޮންމެވެސް ވަރަކަށް އައިއެސްގެ ބިރުވެރިކަން އެބައޮތެވެ.

މިއަދު އޮންލައިން