ޓައިމް މެގަޒިންގެ އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތަކަށް ފިލިޕިންސްގެ ރައީސް ޑުޓާޓޭ ހޮވިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޓައިމް މެގަޒިންގެ އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތަކަށް ފިލިޕިންސްގެ ރައީސް ޑުޓާޓޭ ހޮވިއްޖެ
ޓައިމް މެގަޒިންގެ ކިޔުންތެރިންގެ ވޯޓުން މިއަހަރުގެ އެންމެ ނުފޫޒު ގަދަ 100 ޝަޚްޞިއްޔަތު ހޮވިއިރު އެއްވަނައިގައި ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހޮވިއްޖެއެވެ.

ޑުޓާޓޭ ވަނީ ވޯޓުލީ މީހުންގެ 5 އިންސައްތަ ވޯޓް ކާމިޔާބުކޮށްފައެވެ. ކެނެޑާގެ ބޮޑުވަޒިރާއި ޕޯޕް ފްރޭންސިސް، އަދި ބިލް ގޭޓްސް ފަދަ މީހުންނަށްވެސް ލިބިފައިވަނީ 3 އިންސައްތައެވެ. އެހެންކަމުން ޑުޓާޓޭ އެވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޝަޚްޞިއްޔަތުންނަށްވުރެ 40 އިންސައްތަ އިތުރަށް ހޯދާފައެވެ.

ކިޔުންތެރިންގެ ވޯޓުގެ ނަތީޖާ މިގޮތަށް ދެއްކި ނަމަވެސް އެންމެފަހުގެ ނިންމުން ނިންމައި އެޕްރިލް މަހު އިއުލާނުކުރާނީ އެޑިޓަރުންނަށް ފެންނަ ގޮތަކަށް ތަރުތީބުކުރުމަށްފަހުގައެވެ.

ޑުޓާޓޭއަށް ގިނަ ބައަކު ތާއީދުކުރަނީ އޭނާގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕަށް އެމެރިކާގެ ގިނަބައަކު ނަފްރަތުކުރެއެވެ. ޓްރަމްޕާއި ޑުޓާޓޭގެ މެދުގައި މައްސަލަތައް އިންތިހާއަށް ބޮޑުވެފައި ވުމަކީވެސް މިފަދަ ނަތީޖާއެއް ނުކުތް އެއް ސަބަބެވެ.
މިއަދު އޮންލައިން