ޔުއެފާރ ޗެމްޕިއަންސް ލީގުގެ ސެމީއަށް ރެއަލް މެޑްރިޑް ދަތުރުކޮށްފި
ޔުއެފާރ ޗެމްޕިއަންސް ލީގުގެ ސެމީއަށް ރެއަލް މެޑްރިޑް ދަތުރުކޮށްފިއެވެ.
ރެއަލް އިން ސެމީގެ ޖާގަ ހޯދީ ކްއާޓަރ ފައިނަލުގައި ޖަރުމަނުގެ ބަޔާންމިއުނިކާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ.
ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން މި މުބާރާތުގެ ސެމީ ފައިނަލުގެޖާގައެއް ކަށަވަރު ކުރީ ކުއާޓަރ ފައިނަލްގެދެވަނަ ލެގުގެ މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، 6-3 ގެއެގްރިގޭޓަކުންނެވެ.
ރެއާލްގެއަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާ އިރު، މެޗުގެ 53 ވަނަ މިނިޓުގައި ބަޔާންއަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިދިނީ ރޮބާޓޯ ލެވެންޑޮސްކީއެވެ.
ދުނިޔޭގެއެންމެ މޮޅު ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުން ރެއަލްއަށް ނަތީޖާ އެއްވަރު ކުރެވުނަސް އެ ގޯލް ޖެހިތާ މިނިޓެއް ނުވެ ރެއާލް ޑިފެންސަށް ހެދުނުގޯހެއްގެ ފައިދާ ނަގާ، ބަޔާން އިންވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-1 ގެ ނަތީޖައަކުން ބަޔާން ކުރީގައިއޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެހާފެވެ. އެގޮތުން މި ހާފުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހާ، ރެއާލްއަށް ނަތިޖާހަމަހަމަކޮށްދީފައެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖެހި 100 ވަނަ ލަނޑާއެކު ރެއާލް އިން ވަނީ ނަތީޖާ ފުޅާކޮށްފައެވެ.
މިއީ 2014 ވަނަ އަހަރަށް ފަހު، އެއްވެސް ލެގެއް ކާމިޔާބުނުވެ މުބާރާތުގެ މިހާހިސާބުން ބަޔާން ވަކިވި ފުރަތަމަ ފަހަރެވެ.