ލެސްޓަރ ސިޓީ ބަލިކޮށް އެތްލެޓިކޯ މެޑްރިޑް ސެމީއަށް ދަތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 42ސ
ލެސްޓަރ ސިޓީ ބަލިކޮށް އެތްލެޓިކޯ މެޑްރިޑް ސެމީއަށް ދަތުރުކޮށްފި


ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުގައި ލެސްޓަރ ސިޓީ ބަލިކޮށް އެތްލެޓިކޯ މެޑްރިޑް ސެމީއަށް ދަތުރުކޮށްފިއެވެ.

އެތްލެޓިކޯ ސެމީއަށް ދިޔައީ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ރޭ 1-1ލަނޑުގެ ނަތީޖާއަކުން ލެސްޓަރ ސިޓީ އާއި އެއްވަރުކޮށް 2-1 ލަނޑުގެއެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރިފުރަތަމަ ލެގުގެ މެޗު 0-1 ލަނޑުން ކާމިޔާބުކޮށްފައިވަނީ އެތްލެޓިކޯއިންނެވެ.

ރޭގެ މެޗުގެ 26 ވަނަ މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރ ސައުލްނިގޭޒް ވަނީ ލަނޑެއް ޖަހާ، ލީޑު ނަގާދީފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައިލެސްޓަރ ސިޓީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 61 ވަނަ މިނެޓުގައިއިނގިރޭސި ފޯވަރޑް ޖޭމީ ވާޑީ އެވެ.

މިމުބާރާތުގެ ސެމީގައި އެތުލެޓިކޯއާ ދެކޮޅަށް ނިކުންނާނެ ޓީމެއް އިނގޭނީއަންނަ ހުކުރު ދުވަހު ނަގާ ގުރުއަތުލުމަށްފަހުއެވެ.
މިއަދު އޮންލައިން