އޮލިމްޕިކް ކޮމެޓީގެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 3 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 43ސ
އޮލިމްޕިކް ކޮމެޓީގެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 3 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިފި
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 3 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ބާއްވާމި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލި ކޮމެޓީގެ މުޤައްރިރަކީހުސައިން ސިރާޖު އެވެ. ދެން ތިއްބަވާ ދެ ބޭފުޅުންނަކީ ޢަލީ ސަލީމް އާއިޢަބްދުﷲ ރަޝީދު އެވެ. އަދި އިންތިޚާބީ ކޮމިޓީގެ ސެކްރިޓޭރިއަޓުގެ ގޮތުގައިހަމަޖައްސާފައި ވަނީ އެމްއޯސީގެ ޕްރޮގްރާމް ކޯޑިނޭޓަރ ތަމްހް އަހުމަދުސައީދު އެވެ.

މި އިންތިޚާބުގެ މަޤާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންވަނީ ހުޅުވާލާފައެވެ. އަދި ކުރިމަތިލާން ބޭނުން ފަރާތްތަކުން އެމްއޯސީގެ މެމްބަރޖަމިއްޔާއެއް މެދުވެރިކޮށް އެޕްލިކޭޝަން ފޯމްހުށަހެޅުމަށާއި ފޯމް ހުށަހަޅަން ވަނީ ފޯމްގައި ބަޔާންކޮށްފައިވަ ގޮތައްއިލެކްޓޯރަލް ކޮމިޓީގެ ޗެއަރމަންއަށް އެޑްރެސް ކޮށް ކަމަށް އޮލިމްޕިކް ކޮމެޓީން ބުނެއެވެ.

ފޯމް ދޫކުރަނީ ސަރުކާރު ބަންދު ނޫން ކޮށްމެ ދުވަހެއްގެހެނދުނު 10:00 އިން މެންދުރު ފަހު 15:00 އަށް ހ. ރަސްމީ ބޯޅަގޭގެ ދެ ވަނަފަންގިފިލާއިން ކަމަށާއި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15:00 ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ވޯޓާސް ރަޖިސްޓޭޝަން ފޯމް ހުށަހެޅުމުގެއެންމެ ފަހުތާރީޚަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 15:00 ކަމަށާއި ފޯމްތައް ބަލާގަންނާނީ ފޯމްގައި ބަޔާންކޮށްފައިވާ ހުރިހާޑޮކިއުމެންޓެއް އެ ފޯމާއެކު ހުށަހެޅީމަ ކަމަށްވެސް އެމްއޯސިއިން ބުންޏެވެ.

އެ އިންތިޚާބުގައި 8 މަޤާމަކަށް މެމްބަރުން އައްޔަން ކުރެއެވެ. އެއީ، ރައީސް، ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް، ޚަޒާންދާރު، އޮލިމްޕިކް ޓީމްސްޕޯޓްސްގެ ދެ މަޤާމާއި އޮލިމްޕިކްސް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިންމަޤާމާއި ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ މަޤާމާއި އަންހެންމެމްބަރުންގެ ދެ މަޤާމެވެ.

މިއީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ އިންތިޚާބެކެވެ.
މިއަދު އޮންލައިން