މީގެ ،3 4 ދުވަސް ކުރިން އިންޑިއާގެ ޗެންނާއީ އާއި މުމްބާއީ އަދި ހައިދަރު އެއާޕޯޓް ބަންދުކުރީ ބައަކު ފްލައިޓެއް ހައިޖެކް ކުރަން އުޅޭ ކަމަށް ފުލުހުންނަށް ދިން މައުލޫމާތަކާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ހޯދި ހޯދުމުން އެނގުނީ 6 ޒުވާނަކު އެފަދަ ވާހަކަތަކެއް ދެއްކި ކަމަށް ބަޔާންކޮށް އީމޭއިލް ފޮނުވީ ހައިދަރު އާބާދުން ކަމެވެ. ފުލުހުންގެ މަސައްކަތުން އެކަން ކުރި ޒުވާނާ ހޯދައި މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ތަޙްޤީޤަށް އޭނާ ކިޔައިދިން ގޮތުގައި އޭނާގެ ލޯބިވެރިޔާ ހުންނަނީ ޗެންނާއީގައެވެ. އަދި އޭނާ އެކަން ކުރީ ލޯބިވެރިޔާ މުމްބާއީ އަށާއި ގޯއާއަށް ދަތުރެއް ކުރަން އުޅުމުން އޭނާގެ ހިތަށް ބިރުވެރިކަން ވައްދުވައިގެން އެ ދަތުރުކުރުން ހުއްޓުވުމަށެވެ.
އޭނާ ދިން މައުލޫމާތާއި ގުޅިގެން އިންޑިއާގެ އެންމެ މުހިންމު 3 އެއާޕޯޓް ވަނީ 2 ދުވަސް ވަންދެން ކުއްލި ޙާލަތަށް ގެންގޮސްފައެވެ. އެކަމުގެ ސަބަބުން އެތައް ހާސް ފަސިންޖަރުންނަށް ވަނީ ބިރުވެރިކަން ކުރިމަތިވެ އެތައް ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤްކުރަމުންނެވެ.