ސައުދިއަރަބިޔާގެ ޝޮޕިންގ މޯލްތަކުގައި ހުންނަ ފިހާރަތަކުގައި ބޭރު ޤައުމުތަކުގެ މީހުންނަށް މަސައްކަތް ނުކުރެވޭނެ ގޮތް ހަދަން ސަރުކާރުން ނިންމައިފިއެވެ.
ވަޒީފާތަކާއިބެހޭ ވުޒާރާތަކުން ބުނީ ޝޮޕިންގ މޯލްތަކަކީ ވަރަށް ރަނގަޅަށް ސެކިޔުރިޓީ ބަލަހައްޓާ ތަންތަން ކަމަށްވުމުން ފިހާރަތކުގައި ސޭލްސް ގަރލްސްގެ ގޮތުގައި އަންހެން ކުދިންނަށް ރައްކައުތެރިކަމާއިއެކު މަސައްކަތްކުރެވޭނެ ކަމަށެވެ.
"ހަމައެކަނި ބޭނުންވަނީ ހެދުން އަޅަންޖެހޭ ގޮތަށް ހެދުން އަޅައިގެން ތިބުން. އެއިރުން ހުރިހާ ކަންކަން ކުރިއަށް ދާނީ ރަނގަޅަށް."
ސައުދިއަރަބިޔާއިން މަސައްކަތްކުރަމުން ގެންދަނީ ވީހައި ގިނަ ވަޒީފާތަކަށް އެ ޤައުމުގެ ރައްޔިތުން ނެރުމަށެވެ. ވަޒީފާ ނުލިބުމުގެ މައްސަލަ އެކުގައި ހައްލުކުރުމަށެވެ. ވުޒާރާއިން ބުނެފައިވަނީ ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ރައްޔިތުން ހިފުމަށް އިލްތިމާސްކުރާ ކަމަށެވެ.