ކަސްޓަމްސް އާއެކު މަސައްކަތްކުރާ އޮފީސްތަކުގެ ވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ބިލިއާޑް މުބާރާތެއް މިއަދު ކަސްޓަމްސްގެ ގޭމް ސެންޓަރގައި ފަށައިފިއެވެ.
މިމުބާރާތް ފައްޓަވައިދެއްވީ މިކަމަށްޓަކައި ކަސްޓަމްސްގެ ގޭމް ސެންޓަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުޙައްމަދު އާއި މުބާރާތުގައި ބައިވެރިވާ އޮފީސްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީ.އާރު.ސީ) ގެ ފަރާތުން އިންތިޒާމްކުރާ މި މުބާރާތުގައި ކަސްޓަމްސް އާއި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރުގެ ދަންފަޅީގެ މެޗުތަޖުގެ ތެރެއިން ކަސްޓަމްސް އާއި އެމްޓީސީސީ ބައްދަލުކުރި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ކަސްޓަމްސްއެވެ. އަދި އެމް.ޕީ.އެލް އާއި އެސްޓޯއޯ ބައްދަލުކުރި މެޗު 2 ގޭމް 1 ގޭމުން ކާމިޔާބުކުރީ އެމްޕީއެލް އެވެ.
ޖުމްލަ 15 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިރޭ 20:30 ގައެވެ.
މިމުބާރާތް ސްޕޮންސަރކޮށްފައިވާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) ގެ ފަރާތުންނެވެ.