ޓްރަމްޕަކީ ސީރިއަސް ސިކުނޑީގެ ބައްޔެއް ހުރި މީހެއް- އެމެރިކާގެ ރައީސް ކަަމަށް ކުފޫ ހަމައެއްނުވޭ: 35 ޑޮކްޓަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޓްރަމްޕަކީ ސީރިއަސް ސިކުނޑީގެ ބައްޔެއް ހުރި މީހެއް- އެމެރިކާގެ ރައީސް ކަަމަށް ކުފޫ ހަމައެއްނުވޭ: 35 ޑޮކްޓަރުން
އެމެރިކާގެ ރައީސް ޓްރަމްޕަކީ ސިކުނޑީގެ ސީރިއަސް ބައްޔެއް ހުރި މީހެއް ކަމަށާއި އޭނާއަކީ އެމެރިކާގެ ވެރިކަމަށް ކުފޫ ހަމަވާ މީހެއް ނޫންކަމަށް އެމެރިކާގެ 35 ސައިކެޓްރިއޭޓް ޑޮކްޓަރުން ހާމަކޮށްފިއެވެ.

ޑޮކްޓަރުން މިކަމުގެ އިންޒާރު ދިނީީ ޔޭލް ސްކޫލް އޮފް މެޑިސިންގގައި ކުރިއަށް ގެންދިއަ މަހާސިންތާއެއްގައެވެ.

ޑޮކްޓަރުން ބުނެފައިވަނީ ޓްރަމްޕަށް ޖެހިފައިވާ އެއް ބަލީގެ ސަބަބުން އޭނާދެކެ އެހެން މީހުން ލޯބިނުވާ ކަމަށާއި އިހްތިރާމް ނުކުރާ ކަމުގެ ބިރު ޓްރަމްޕަށް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އަަބަދު ޓްރަމްޕް ހުންނާނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ޑޮކްޓަރުން ބުނެފައިވަނީ އެހެން މީހަކު ކިތަންމެ ބޮޑު ހަޤީޤަތެއް ހާމަކުރި ނަމަވެސް އެކަން ޤަބޫލުނުކުރުމަކީވެސް ޓްރަމްޕުގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން މެދުވެރިވަމުން އަންނަ ކަމެއް ކަމަށެވެ.

މިމަހާސިންތާގައި ވާހަކަ ދައްކަމުން ސްކޫލްގެ ޕްރިންސިޕަލް ފުޅާ ދާއިރާއެއްގައި ސިކުނޑީގެ ބަލިތަކަށް ފަރުވާދެމުން ގެންދާ ޕްރޮފެސަރ ޖޯން ގާތްނަރ ބުނީ މިހާ ސީއަސް ސިކުނޑީގެ ބަލިތައް ހުރި މީހަކު އެމެރިކާގެ ވެރިކަމުގައި ހުރުމުން އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ޑޮކްޓަރުންގެ ޒިންމާއެއް ކަމަށެވެެ.

ޕްރޮފެސަރ ވިދާޅުވީ ޓްރަމްޕުގެ ހާލު ޖަމިއްޔާތަކަށް އެންގުމަކީވެސް ޑޮކްޓަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ޕްރޮފެސަރ ވިދާޅުވީ ޓްރަމްޕަށް ޖެހިފައިވާ ސިކުނޑީގެ ބަލިތަކުގެ ސަބަބުން އެންމެ ނުރައްކާތެރި ކުށްތައް ކުރަން އާދަވެފައި ތިބި މީހުންނަށްވުރެ އޭނާގެ ނުރައްކާތެރިކަން ބޮޑު ކަމަށެވެ.

މިއަދު އޮންލައިން