އުތުރު ކޮރެއާ "ތަޅާލަން" އެމެރިކާގެ ބިޔަ މަނަވަރު ޖަޕާނު ކަނޑަށް ފޮނުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އުތުރު ކޮރެއާ "ތަޅާލަން" އެމެރިކާގެ ބިޔަ މަނަވަރު ޖަޕާނު ކަނޑަށް ފޮނުވަނީ
އުތުރު ކޮރެއާ "ތަޅާލަން" އެމެރިކާ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެތެރެއިން އެމެރިކާގެ ބިޔަ މަނަވަރު ކާލް ވިލްސަން ވަރަށް އަވަހަށް ޖަޕާން ކަނޑަށް ފޮނުވާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ބިޔަ މަނަވަރު އުތުރުކޮރެއާ އާއި ދިމާއަށް ފުރުވައިލުމަށްފަހު މިސްރާބް ބަދަލުކޮށް މިހާރުނ ވަނީ އޮސްޓްރޭލިއާ ކަނޑަށް ގެންގޮސްފައެވެ. ނައިބް ރައިސް ޕެންސް ބުނީ އުތުރު ކޮރެއާ އުޅެނީ ކުށެއް ކުރަން ކަމަށާއި ކުށްކުރުމުގެ ކުރިން އުތުރު ކޮރެއާގެ ކިބައިން އެމެރިކާގެ މިތުރުން ސަލާމަތްކުރާނެ ކަމަށެވެ.

އުތުރު ކޮރެއާ އިން ބުނަމުން ގެންދަނީ އެމެރިކާއަށް ނިޔުކްލިއަރ ހަމަލާއެއް ދިނުމުގެ ޤާބިލުކަން އެ ޤައުމަށް ލިބިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެމެރިކާއިން ގެންދަނީ އުތުރު ކޮރެއާއިން ފޮނުވާލަފާނެ ހަމަލާއަކުން ދިފާއުވާން ފަރިތަކުރަމުންނެވެ.

ޗައިނާ އިން ވަނީ އުތުރު ކޮރެއާއަށް ހަމަލާ ނުދިނުމަށް އިންޒާރުދީފައެވެ. ނަމަވެސް ދެކުނު ކޮރެއާ އާއި ޖަޕާނުން ގެންދަނީ އުތުރުކޮރެއާ ބަލިކޮށްލުމަށް އެދެމުންނެވެ.

މިއަދު އޮންލައިން