އިންޑިއާ އާއި ދެކުނު ކޮރެއާ ގުޅިގެން ހަނގުރާމަމަތީ މަނަވަރު އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކުރީ ހުކުރު ދުވަހު ނިޔުދިއްލީގައެވެ.
މިއެއްބަސްވުމުގެދަށުން އިންޑިއާ އިން މަނަވަރު ބަންނާނީ ހިންދުސްތާން ޝިޕްޔާޑްސް ލިމިޓެޑް ނުވަތަ އެޗްއެސްއެލް އިންނެވެ.
ދެ ޤައުމު ގުޅިގެން މަނަވަރު ބަނުމުގެ އެއްބަސްވުމަކީ 2015 ވަނަ އަހަރު ދެ ޤައުމުގެ އެންމެ އިސްވެރިންގެ މެދުގައި ވެފައިވާ އެއްބަސްވުމެކެވެ.
މީގެ އިތުރުން ކަނޑުގެ މައިނުން ސަލާމަތްވުމަށް ގޯއާ ޝިޕްޔާޑުން ބަންނަން ހަމަޖެހިފައިވާ 12 އުޅަނދު ބަނުމުގައި ސައުތު ކޮރެއާއިން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ އަގަކީ 1 ބިލިއަން އެމެރިކާ ޑޮލަރެވެ.