އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ޗިންދްވާރާ އަވަށުގައި ފަޤީރުންނަށް ސަރުކާރުން ހެޔޮއަގުގައި ދޫކުރާ ކާޑު ހޯދަން ގޮސްތިބި 13 ފަޤީރުން އަނދައިފިއެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ގިނަ އަދަދެއްގެ ފަޤީރުން ހުކުރު ދުވަހު "ރޭޝަން" ފިހާރައަށް ކާޑާއި ކަރާސީނު ތެޔޮ ހޯދަން ގޮސްތިއްބާ އެތަނުގައި އޮތް ކަރާސީނު ބައިސަރެއް ގޮވައި ބުރައިގެންދިއަ ކަރާސީންތަކުގައި އަލިފާން ރޯވުމުންނެވެ.
މަރުވި މީހުންގެ ތެރޭގައި 4 އަންހެނުންވެސް ހިމެނެއެވެ. ގިނަ ބައަކު މަރުވަން ދިމާވި ސަބަބެއްކަމަށްވަނީ އެތަނުގައި އެންމެ ދޮރެއް ހުރުމުން ނުކުމެވެންނެތި ގިނަ ބައަކު ސަރަހައްދުގައި ތާށިވުމެވެ.
އިންޑިއާއަކީ އެޤައުމުގެ އާބާދީގައި ހިމެނޭ 1.2 ބިލިއަން މީހުންގެ ތެރެއިން 67 އިންސައްތަ މީހުންނަށް ހެޔޮ އަގުގައި ކާޑު ފޯރުކޮށްދޭ ޤައުމެކެވެ. އެހެންކަމުން ރޭޝަން ފިހާރަތައް އަބަދުވެސް އޮންނަނީ ތޮއްޖެހިފައެވެ.