މީ ލޯތްބަކީގެ ޝޯވތައް އޮލިމްޕަހުގައި ދެއްކުން މެދުކަނޑާލައިފި

ކިޔުމަށް ހޭދަވާނީ 51ސ
މީ ލޯތްބަކީގެ ޝޯވތައް އޮލިމްޕަހުގައި ދެއްކުން މެދުކަނޑާލައިފި
އޮލިމްޕަސް ސިނަމާގައި ދައްކަމުން އައި މީ ލޯތްބަކީގެ ޝޯވތައް މެދުކަނޑާލައިފިއެވެ.

ޑާކްރެއިން އެންޓަރޓެއިންމެންޓްގެ ފަރާތުން މި އޭޕްރިލް މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރި ކޮމެޑީ ރޮމޭންޓިކް ފިލްމު އޮލިމްޕަހުގައި ދެއްކުން މެދުކަނޑާލީ މަޖީދީ މަގުގެ އޮލިމްޕަސް ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނާތީއެވެ.

ޑާކްރެއިން އެންޓަރޓެއިންމެންޓުން ބުނީ ޝޯވތައް އަލުން ދައްކަން ފަށާނީ އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކަމަށާއި އެ ދެ ދުވަހުގެ ޝޯވތަކަށް ޓިކެޓް ވިއްކަމުން އަންނަ ކަމަށެވެ. އަދި މަގު ހަދަން ފެށުމުން ވެސް ޓިކެޓް ވިއްކާފައި ހުރި ޝޯވތައް ބެލުންތެރިންނަށް ދައްކާފައި ވާނެ ކަމަށްވެސް ބުންޏެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މަންޒަރުތައް ނަގާފައިވާ "މީ ލޯތްބަކީ" އަކީ ހެއްވާ މަޖާ ލޯބީގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެކެވެ. އަދި މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބުވެސް ވަނީ ލިބިފައެވެ.
މިއަދު އޮންލައިން