ފަސް ޢުމުރުފުރައަކަށް ބާއްވާ މަކިޓާ ސްވިމިންގ އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށަނީ..
ފަސް ޢުމުރުފުރައަކަށް ބާއްވާ މަކިޓާ ސްވިމިންގ އެސޯސިއޭޝަން ކަޕް އަންނަ މެއި މަހު ފެށުމަށް ނިންމާފައިވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ބުނީ މަކީޓާ 15 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އޮންނާނީ މެއިމަހުގެ 3ން 6އަށް ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީތައް ހިމެނޭ މި މުބާރާތުގައި 10 އަހަރުންދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 16އަހަރުން މަތީގެ ޢުމުރުފުރާގައި ފެތުންތެރިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި 14 އިވެންޓެއް ހިމެނޭ މިމުބާރާތުގައި ކޮންމެ ޢުމުރު ފުރައަކުންވެސް ނުވަ އިވެންޓުގައި ފެތުންތެރިން ވާދަކުރާނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 14:00 އަށް ހަމަވާއިރު، ވަކި ވަކި ފެތުންތެރިންނާއި ކުލަބުޖަމިއްޔާތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.