މާލޭ ލީގު ތާވަލުގެ އެއްވަނައަށް ގްރީން ސްޓްރީޓް ޖެހިލައިފި
އެސްޓީއޯ މާލޭ ލީގު ތާވަލުގެ އެއްވަނައަށް ގްރީން ސްޓްރީޓް ޖެހިލައިފިއެވެ.
އެޓީމު ތާވަލުގެ އެއްވަނައަށް ޖެހިލީ އީގަލްސް އާއި ބައްދަލުކުރި މެޗު 2-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުފުރަތަމަ ހާފު ނިމިގެންދިޔައީ ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންނަމަވެސް ދެވަނަ ހާފުފެށިތަނާހެން ހުސެއިން ޝިފާއު އަތުން ބައިކޮޅަށް ވަން ލަނޑުން އީގަލްސްއަށް ނުތަނަވަސްކަން ކުރިމަތިވިއެވެ.
މި މެޗުގައި ގްރީން ސްޓްރީޓް ދެވަނަ ލަނޑު 59 ވަނަ މިނިޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިއާ އިލިއާ ކާމިޔާބުކޮށްދިން ލަނޑުން ތާވަލުގެ އެއްވަނައަށް ގްރީން ސްޓްރީޓް ނަގައިދިން އިރު، ގްރީން ސްޓްރީޓުން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މި މޮޅާއެކު 5 މެޗުން ލިބުނު 10 ޕޮއިންޓާ އެކު ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައިގާ އޮތް އިރު، އެއްމެޗު އިތުރަށް ކުޅެގެން ތާވަލުގެ ދެވަނައިގާ އޮތީ ނިއުރޭޑިއަންޓެވެ. އަދި 7 ޕޮއިންޓާއެކު އީގަލްސް އޮތީ ތާވަލްގެ ފަސް ވަނައިގައެވެ.