ސޮނާކްޝީ ބޭނުންވަނީ 'ޖުޅްވާ 2' އޭނާގެ އެއްމާބަނޑު 2 ބޭބެ ކުޅެން

ކިޔުމަށް ހޭދަވާނީ 1މ 37ސ
ސޮނާކްޝީ ބޭނުންވަނީ 'ޖުޅްވާ 2' އޭނާގެ އެއްމާބަނޑު 2 ބޭބެ ކުޅެން

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ ބޭނުންވަނީ އޭނާއެކޭ އެއްފަދައިން އޭނާގެ އެއްމާބަނޑު ދެބޭބެ ވެސް އެކްޓިންގ ގެ ދާއިރާއަށް ނިކުންނާށެވެ.
ސޮނާކްޝީ ގެ އެއްމާބަނޑު ދެބޭބެ ކަމަށްވާ ލުވް އާއި ކުޝް ސިންހާ ސޮނާކްޝީ އަށްވުރެ ދޮށީ ހަތަރު އަހަރެވެ. ލުވް ވަނީ 2010 ވަނަ އަހަރު "ސާދިޔާން" ނަމަކަށް ކިޔާ ފިލްމަކުން ރޭކާ އަކި ފެރީނާ ވަޒީރް އާއިއެކު ފެނިފައެވެ.

ނަމަވެސް އެފިލްމަށް ތަރުހީބެއް ނުލިބި ބޮކްސް އޮފީހުގައި ފްލޮޕްވުމުގެ ސަބަބުން، ދެވަނަ ފިލްމެއް ލުވް އަދި ނުކުޅެއެވެ. ލުވް ގެ ފުރަތަމަ ފިލްމު ފްލޮޕް ވުމުގެ އަސްލަކީ ރަނގަޅު ޑައިރެކްޓަރަކާއި ޕްލޮޓެއް ނެތުން ކަމުގައި ސޮނާކްޝީ ދެކެއެވެ. އަދި ބޮޑު ފިލްމެއްގައި ލުވް މަސައްކަތް ކުރާތަން ދެކެން ސޮނާކްޝީ ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެގޮތުން މިހާރު އެފިލްމެއްގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ "ޖުޅްވާ 2" ގައި އެކްޓުކުރުމަށް ލުވް އާއި ކުޝް އަށް ފުރުސަތު ދިނުމަށް، ފިލްމުމޭކަރ ސާޖިދު ނާޑިއަޑްވާލާ އާއި ސޮނާކްޝީ ވަނީ ވާހަކަ ދައްކާފައެވެ. އަދި ފިލްމުގެ ލީޑްރޯލް އަދާ ކުރަން ހަމަޖެހިފައިވާ ވަރުން ދަވަން އާއި ވެސް ސޮނާކްޝީ ވަނީ ވާހަކަ ދައްކާފައެވެ. ސޮނާކްޝީ ބުނާ ގޮތުގައި "ޖުޅްވާ" ގެ މާނައަކީ ވެސް އެއްމާބަނޑު ކަމަށްވާއިރު، އަސްލު އެއްމާބަނޑު ދެބެން ލައްވާ އެރޯލު ކުޅުވުން ވާނީ ވަރަށްވެސް ރަގަނޅު ފުރުސަތަކަށެވެ.

ސޮނާކްޝީވަނީ އޭނާގެ ދެބޭބެއަށް އެފުރުސަތު ދީފިނަމަ، "ޖުޅްވާ 2" ގައި ކެމިއޯ އެއްގެ ރޯލު މުޅިން ހިލޭ ކުޅެދޭނެ ކަމަށްވެސް ބުނެފައެވެ.

ފިލްމު "ޖުޅްވާ" ގައި އެކްޓުކޮށްފައިވަނީ ސަލްމާން ޚާން އެވެ. އަދި ވަރުން މަސައްކަތް ކުރަމުން އައީ ސަލްމާން ފަދައިން އެރޯލު "ޖުޅްވާ 2" ގައި ދައްކުވާ ދިނުމަށެވެ.

މިއަދު އޮންލައިން