101 އަހަރުގެ އަންހެނަކު 100 މީޓަރުގެ މެރަތަންއެއް 42'64 ސިކުންތުން ނިންމައި 1 ވަނަ ހޯދައިފިއެވެ.
ނިޔުޒީލަންޑްގެ އޯކްލަންޑްގައި ކުރިއަށް ގެންދިއަ ވޯލްޑް މަސްޓަރސް ގޭމްސްގައި މި ކާމިޔާބީ ޙާޞިލުކުރީ އިންޑިއާގެ އަންހެނެއް ކަމަށްވާ އުމުރުން 101 އަހަރުގެ ކައުރުއެވެ.
ރޭހަށްފަހު އޭނާ ބުނީ މިއީ އޭނާ އުފާކުރާ ކާމިޔާބީއެއް ކަމަށާއި ދުވުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި އޭނާ އަކީ ދުވުމަށް އަބަދުވެސް ލޯބިކުރާ އަންހެނެއް ކަމަށާއި މެރެތަން ދުވަން އޭނާ މަސައްކަތްފެށީ އުމުރުން 93 އަހަރުގައި ކަމަށެވެ.
ކައުރު ބުނީ އޭނާގެ ފިރިހެން ދަރިފުޅަކީ ދުނިޔޭގެ ފެންވަރުގައި ދުވާ ދުވުންތެރިއެއް ކަމަށެވެ. އަދި ބޭނުންވީ މަންމައަށްވެސް ދުވެވޭނެކަން ދައްކާލަން ކަމަށެވެ. 200 މީޓަރުގައި ވާދަކުރުމަކީ ވެސް އުންމީދެއް ކަމަށް ކައުރުބުނެފައިވެއެވެ.