ޠާލިބާނުންގެ ބައްޕަ އެމެރިކާ ހަމްދަރުދީ ހިފައިގެން އަފްގާނިސްތާނަށް ހިނގައްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޠާލިބާނުންގެ ބައްޕަ އެމެރިކާ ހަމްދަރުދީ ހިފައިގެން އަފްގާނިސްތާނަށް ހިނގައްޖެ
ޠާލިބާނުންގެ ބައްޕަ އެމެރިކާގެ ޑިފެންސް މިނިސްޓަރު ޖިމް މާރޓިސް އަފްގާނިސްތާނަށް ހިނގައްޖެއެވެ.

ޖިމް އެމެރިކާއަށް ދިއައީ ޠާލިބާނުން އަފްޣާނިސްތާނު ސިފައިންނަށް ދިން އެންމެ ވަރުގަދަ ހަމަލާގައި 100 އަށްވުރެ ގިނަ ސިފައިން މަރުވިތާ މާގިނަ އިރުތަކެއް ނުވެ ކުއްލި ގޮތަކަށެވެ.

ޖިމްގެންދަނީ އަފްޣާނިސްތާނުގެ ރައީސް އާއި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރަމުންނެވެ. މަޝްވަރާތަކުގެ ތަފްޞީލު އަދި ހާމަނުކުރި ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޖިމްގެ ބޭނުމަކީ ޠާލިބާން އާއި އެހެންވެސް ހަނގުރާމަވެރި ޖަމާއަތްތަކަށް ވަރުގަދަ ހަމަލާތަކެއްދީ ބަލިކުރެވޭނެ ގޮތްތަކަށް މަޝްވަރާ ކުރުމެވެ.

ޠާލިބާނުންނަކީ އެމެރިކާއިން އުފެއްދި ދަރިއެކެވެ. ހަތިޔާރުދީ ތަަމްރީނުކުރީވެސް އެމެރިކާއިންނެވެ. އެމެރިކާއިން އެމެރިކާގެ ބޭނުންތަކަށްޓަކައި ޠާލިބާނުން މެދުވެރިކޮށް ދެމުން ގެންދިއަ ހަމަލާތައް ދިނުން ހުއްޓާލައި އެ ޖަމާއަތުން އަމިއްލައަށް ހަރަކާތްތެރިވާން ފެށުމުން އެމެރިކާއަށް ޠާލިބާނުންވެފައިވަނީ ބޮޑު ބިރަކަށެވެ.
މިއަދު އޮންލައިން