ކުލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގައި ޕޮލިސް ކުލަބާއި އެމްޕީއެކް ވާދަކުރަން ޖެހިއްޖެއެވެ.
މި މުބާރާތުގައި ދެވަނަ ބުރުގެ މެޗުތަކުގެ ގުރުލުން އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ. ދެވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ.
ޕޮލިސް ކުލަބު މި މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ ގްރޫޕް އެފްގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް އެއްމެޗު އެއްވަރުކޮށް ލިބުނު 7 ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި 7 ޕޮއިންޓާއެކު ފައިދާ ގޯލުން ކުރިލިބިގެން ދެވަނަ ބުރުން ޖާގަ ހޯދީ ޓީމް ފެނަކައެވެ.
ޕޮލިސް ކުލަބު ދެވަނަ ބުރުގައި ނުކުންނަ އެމްޕީއެލް ދެވަނަ ބުރުން ޖާގަހޯދީ ގްރޫޕް ޑީގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައެވެ.
މި މުބާރާތުގައި ދެވަނަ ބުރުގައި ޕޮލިސް ކުލަބާއި އެމްޕީއެލް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 28 ވާ ހުކުރު ދުވަހުގެ ރެއެވެ.
ޙަބަރު : ޕޮލިސް