ޢަރަބިންނަށް ނިދިން ހޭލެވެން ފަށައިފި- ފައިސާ ހޯދަން ގުޅިގެން މަސައްކަތްކުރަން މަޝްވަރާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޢަރަބިންނަށް ނިދިން ހޭލެވެން ފަށައިފި- ފައިސާ ހޯދަން ގުޅިގެން މަސައްކަތްކުރަން މަޝްވަރާކޮށްފި

އަރަބި ޤައުމުތަކަށް ނިދިން ހޭލެވެން ފަށައިި އިޤްޠިޞާދު ރަނގަޅުކުރުމަށްޓަކައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ގުޅިގެން ކުރިއަށް ގެންދަން މަޝްވަރާކޮށްފިއެވެ.

މިކަންކަމަށް މަޝްވަރާކޮށްފައިވަނީ ރަބަތުގައި ކުރިއަށް ގެންދިއަ މާލީ ވަޒީރުންގެ ބައްދަލުވުމުގައެވެ.

ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިކަންކަމަށް މަޝްވަރާ ކުރައްވަވައި އަރަބި މާލީ ވަޒީރުންގެ ބައްދަލުމުގައި ކުރަން ނިންމި ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ފާސްކުރައްވައިފައެވެ.

މާލީ ވަޒީރުން މަޝްވަރާކޮށްފައިވަނީ އަރަބި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށާއި މާލީ ނިޒާމު ހަރުދަނާކުރުމަށް ޤައުމުތައް ގުޅިގެން ބޭންކްތައް އުފައްދައި އެއިގެ ތެރެއިން ބޮޑު ބިޔަ ބޭންކެއް އުފެއްދުމަށެވެ. އަދި ޤައުމުތަކަށް ބޭނުންވާ ފައިސާ އެބޭންކުގެތެރެއިން ހަމަޖައްސަމުން ގެންދިއުމަށެވެ.

އަރަބި ޤައުމުތައް ގުޅިގެން މަސައްކަތްކުރާނަމަ ވޯލްޑް ބޭންކުގެ އެހީތެރިކަމާއި ނުލައި ކުރިއަށް ދިއުމުގެ ޤާބިލްކަން އަރަބި ޤައުމުތަކަށް ލިބިގެންދާނެއެވެ. އަރަބި ޤައުމުތަކަށް އެފަދަ މާލީ ޤާބިލުކަމެއް ހޯދިއްޖެނަމަ އެމެރިކާ ފަދަ ޤައުމުތަކުގެ ފިއްތުންތަކުން މިނިވަންވެވޭނެއެވެ.
މިއަދު އޮންލައިން