ދުނޔޭގެ އެންމެ ފަލަ އަންހެނާ ޔޫއޭއީގެ ހޮސްޕިޓަލަކުން ޖާގަ ހޯދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ދުނޔޭގެ އެންމެ ފަލަ އަންހެނާ ޔޫއޭއީގެ ހޮސްޕިޓަލަކުން ޖާގަ ހޯދަނީ
ދުނިޔޭގެ އެންމެ ފަލަ އަންހެނާ މިޞުރުގެ އީމާން އިތުރަށް ލުއިވުމަށްޓަކައި ޔޫއޭއީ ހޮސްޕިޓަލްތަކުން ފުރުޞަތު ހޯދަން މަސައްކަތްކުރަން ފަށައިފިއެވެ.

އީމާންގެ ކޮއްކޮ ޝައިމާ ބުނީ އިންޑިއާ އިން ހޯދި ފަރުވާއިން 250 ކިލޯ ލުއިކުރެވުނު ކަމަށާއި އެވަރުން މައްސަލަ ހައްލުނުކުރެވޭ ކަމަށެވެ. އިންޑިއާ އިން ފަރުވާ ހޯދުން ހުއްޓާލަންޖެހުނީ އިތުރަށް ކުރިއަށް ދެވޭނެ މަގެއް ނުފެނުމުން ކަމަށެވެ.

އީމާނަށް މިހާރު ވަނީ ޞިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ބަރުދަން ލުއިކުރަން އެބަޖެހެއެވެ.

ދުނިޔޭގެ އެންމެ ބަރު އަންހެނާގެ ރެކޯޑް އުމުރުން 36 އަހަރުގެ އީމާނަށް ލިބުނީ އޭނާގެ ހަށިގަނޑު 500 ކިލޯއަށް ބަރުވުމުންނެވެ.
މިއަދު އޮންލައިން