ސަރިން ނަރވް ގޭސް ބޭނުންކުރީ ބަޝާރުގެ ސިފައިން- ފްރާންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ސަރިން ނަރވް ގޭސް ބޭނުންކުރީ ބަޝާރުގެ ސިފައިން- ފްރާންސް
ސީރިޔާގައި އެންމެފަހުން ދިން ކެމިކަލް ހަަމަލާ ދޭން ބޭނުންކުރީ ސަރިން ނަރވް ގޭސް ކަމަށާއި ކެމިކަލް ބޭނުންކުރީ ބަޝާރުގެ ސިފައިން ކަމަށް ޝައްކު ނުކުރާކަމަށް ފްރާންސުން ބުނެފިއެވެ.

ފްރާންސުން މިފަދަ ރިޕޯޓެއް ނެރެފައިމިވަނީ މަރުވި މީހުންގެ ހަށިތަކުން ނެގި ސާމްޕަލްތައް ޓެސްޓްކުރުމަށްފަހުުގައެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ބުނެފައިވަނީ އެ ޤައުމުން ޓެސްޓްތައް ހެދީ ކުރީގެ ސާމްޕަލްތަކާއިވެސް ގުޅުވައިގެން ކަމަށާއި ޓެސްޓްތަކުގެ ނަތީޖާ އާއިމެދު ޝައކުކުރުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

ބަޝާރު ބުނަމުން ގެންދަނީ ހަމަލާދިނީ އިދިކޮޅު ހަނގުރާމަވެރިން ކަަމަށެވެ. ބަޝާރުގެ ވާހަކަ ދުނިޔެ ޤަބޫލެއް ނުކުރެއެވެ. މިހާދިޘާގައި 70 އަށްވުރެ ގިނަ މީހުން ވަނީ ވަގުތުން މަރުވެފައެވެ.

މިއީ ސީރިޔާގައި މިހައި ތަނަށް ދީފައިވާ މިފަދަ އެންމެ ނުރައްކާތެރި ހަަމަލާއެވެ.

މިއަދު އޮންލައިން