މައިލޯ އިންޓަރ ސްކޫލު 16 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން އިމާދުއްދީން ހޯދައިފި

ކިޔުމަށް ހޭދަވާނީ 40ސ
މައިލޯ އިންޓަރ ސްކޫލު 16 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން އިމާދުއްދީން ހޯދައިފި

މައިލޯ އިންޓަރ ސްކޫލު 19 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގެ 16 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން އިމާދުއްދީން ސްކޫލުން ހޯދައިފިއެވެ.

ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު އިމާދުއްދީން ސްކޫލުން ކާމިޔާބުކުރީ އަމީނިއްޔާ ސްކޫލާއި ވާދަކޮށް 34-41 ގެނަތީޖާއަކުންނެވެ.

އެ މުބާރަތުގެ 12 އަހަރުން ދަށުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ހޯދީ އިސްކަންދަރު ސްކޫލާއި ވާދަކޮށް 20-28 ންނެވެ.

މީގެ އިތުރުން 14 އަހަރުން ދަށުގެ ފައިނަލުގައިކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލް ވާދަކޮށް މި ބައިގެ ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލުންނެވެ.އެޓިމުން ޗެމްޕިއަންކަން ހޯދީ ކަލާފާނު 28-23 އިން ބަލިކޮށްގެންނެވެ.

މިއަދު އޮންލައިން