ތިއޭޓަރ މިރާޖް އަދި އޯކޭޒް އިންކް ގެ ޕްރޮޑަކްޝަން އެއް ކަމަށްވާ ފިލްމް "އިލް ނޮއިސް" މިރޭ ޕްރިމިއަރ ކޮށްފިއެވެ.
ޝްވެކް ސިނަމާގައި މިރޭ ޕްރިމިއަރ ކުރެވުނު މިފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމުގެ އާޓް ޑިރެކްޓަރ އަހުމަދު ސާޖިދު މޫސާ ބުނެފައިވަނީ މިފިލްމަކީ ފުރިހަމަ ޓީމްވޯކަކާއި އެކު އުފެއްދި ފިލްމެއް ކަމަށާއި ފިލްމާއިމެދު ވަރަށް ފުން އުންމީދެއް ކުރާކަމަށެވެ.
އެޑްވާޑް ބެނެވިކް ނަމަކަށް ކިޔާ މީހަކަށް ޖެހިފައިވާ ބައްޔަކަށް ފަރުވާ ކުރާ މަންޒަރު ދައްކުވާދޭ މިފިލްމުގައި ވާހަކަ ދައްކާ އަދި އަޑު އަޅާފައިވަނީ އިނގިރޭސި ބަހުންނެވެ.
މިފިލްމުގައި ލީޑް ރޯލެއް އަދާ ކޮށްފައިވަނީ މުޙައްމަދު މުންތަސިރު (މުންކޮ) ގެ އިތުރުން އަހުމަދު އަލަމް އާއި ޝަމްއަތު އިބްރާހިމް ގެ އިތުރުން އަހުމަދު ނިމާލު އެވެ.