އިޒްރޭލުން ސީރިޔާގެ އެއާޕޯޓް ކައިރީގަ ބާރުގަދަ އެއްޗެއް ގޮއްވާލައި މިސައިލް ހަމަލާތަކެއް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
އިޒްރޭލުން ސީރިޔާގެ އެއާޕޯޓް ކައިރީގަ ބާރުގަދަ އެއްޗެއް ގޮއްވާލައި މިސައިލް ހަމަލާތަކެއް ދީފި
އިޒްރޭލުން ސީރިޔާގެ ވެރިރަށް ދިމިޝްޤްގެ އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައި މިސައިލް ހަމަލާތަކެއް ދީފިއެވެ. ސީރިޔާއިން ބުނީ މިސައިލް ހަމަލާތައް ދީފައިވަނީ ސަރުކާރުގެ ސިފައިންގެ މަރުކަޒުތަކަށް ކަމަށެވެ.

އެހެން ފަހަރުތައް ފަދައިން މިހަމަލާތަކާއި ގުޅިގެން ވެސް އިޒްރޭލުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އިޒްރޭލުން ސީރިޔާއަށް ގިނަ އަދަދެއްގެ ވައިގެ ހަމަލާތައް ދެމުން ގެންދެއެވެ. ނަމަވެސް އެއްބަސްވުމަކީ އިޒްރޭލުން ކުރާ ކަމެއް ނޫނެވެ.

އެއާޕޯޓަށް ދިން ހަމަލާ އައި ގުޅިގެން އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ހަލާކުވެފައެވެ. އަދި ހެނދުނުގެ ވަގުތުގައި އެއާޕޯޓް ހުއްޓުމަކަށްވެސް އައެވެ.
މިއަދު އޮންލައިން