ވިނޯދުކަންނާގެ ޖަނާޒާގައި މިހާރުގެ ތަރިން ބައިވެރިނުވުމުން ރިޝީކަޕޫރު ރަތަށް އަރައިފި

ކިޔުމަށް ހޭދަވާނީ 40ސ
ވިނޯދުކަންނާގެ ޖަނާޒާގައި މިހާރުގެ ތަރިން ބައިވެރިނުވުމުން ރިޝީކަޕޫރު ރަތަށް އަރައިފި
ބޮލީވުޑްގެ މަޝްހޫރުތަރި ވިނޯދުކަންނާގެ ޖަނާޒާގައި މިހާރުގެ ޒުވާން ތަރިން ބައިވެރިނުވުމުން ރިޝީކަޕޫރު ރަތަށް އަރައިފިއެވެ.

ބޮލީވުޑުގައި ތަފާތު ރޯލުތަކެއް ކުޅެ ގިނަބައެއްގެ ރުހުން ހޯދާފައިވާ ރިޝީ ކަޕޫރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ވިނޯދުކަންނާގެ ޖަނާޒާގައި މިހާރުގެ ޒުވާންތަރިން ބައިވެރިނުވުމަކީ ލަދުގަންނަންޖެހޭވަރުގެ ކަމެއް ކަމަށެވެ.

ޚާއްޞަކޮށް ވިނޯދުކަންނާފަދަ ތަރިންނަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށާއި ނަމަވެސް މިހާރުގެ ޒުވާންތަރިންގެ ކިބައިން އެފަދަ ކަންތައް ނުފެންނާތީ މިއީ ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޢުމުރުން 70 އަހަރުގައި ވިނޯދުކަންނާ އިއްޔެ މަރުވެފައިވާ އިރު، އޭނާއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރުމުގެގޮތުން އަމީތާބް، ރިޝީކަޕޫރު، އަބީޝެކް ބައްޗަން، އަރުޖުން ރާމްޕާލް ފަދަ ކުރީގެ ތަރިން ވަނީ ބައިވެރިވެފައެވެ.
މިއަދު އޮންލައިން