ފޭސްބުކްގެ އެކައުންޓެއް މެދުވެރިކޮށް ހަށިވިއްކަމުންދިއަ އަންހެނަކު 6 މަހަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ފޭސްބުކްގެ އެކައުންޓެއް މެދުވެރިކޮށް ހަށިވިއްކަމުންދިއަ އަންހެނަކު 6 މަހަށް ޖަލަށް!
ފޭސްބުކްގައި އެކައުންޓެއް ހަދައި ހަށިވިއްކަމުންދިއަ އަންހެނަކު 6 މަސް ދުވަހަށް ޖަލަށްލުމަށް ދުބާއީގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

އުމުރުން 24 އަހަރުގެ މަޣްރިބް ކަރައަށް ނިޞްބަތްވާ މި އަންހެން ކުއްޖާއަކީ ފިހާރައެއްގެ ސޭލްސް ގަރލްއެއްގެ ވަޒީފާ އަދާކުރާ ކުއްޖެކެވެ.

ފުލުހުން އޭނާގެ މެސެންޖަރުން އޭނާއާއި ޗެޓްކޮށް އަތުލައިގަތުމުން ފުރަތަމަ އުޅުނީ އެއީ ކުރި ސަމާސާއެއް ކަމަށް ބުނެ އޮޅުވައިލުމަށެވެ. ނަމަވެސް ފުލުހަކު އެއިރު ވަނީ އޭނާ ގެސްޓްހައުސްއަކަށް ގެންގޮސް ފައިސާވެސް ދިފައެވެ. އަދި އޭނާގެ ބައެއް ފޭރާންވެސް ވަނީ ބާލައިފައެވެ.

ދުބާއީގެ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި ބޮޑެތި ހުކުމްތައް ނުކުރަނީ ގިނަ ދުވަހު ޖަލުގައި ބަހައްޓަން ހިނގާ ޚަރަދު ކުޑަކުރުމަށެވެ. ދުބާއީ ކޯޓުތަކުން އިސްކަންދެނީ ކުޑަ އަދަބެއް ދީފައި އެނބުރި ޤައުމަށް ނާދެވޭ ގޮތަށް އަވަހަށް ފޮނުވައިލުމަށެވެ.
މިއަދު އޮންލައިން