އުތުރު ކޮރެއާގެ ރައީސް އުޅެނީ ދުނިޔެ ނިންމައި ޤިޔާމަތްކުރަން ކަމަށް ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ބުނެފިއެވެ.
ރޮޑްރިގޯ ބުނީ ނޯތް ކޮރެއާއިން ކުރާ ކޮންމެ ޓެސްޓެއް ކުރަނީ ދުރަށާއި ކައިރިއަށް ވަރުގަދަ ހަމަލާތައް ދޭނެ ގޮތް ހޯދަން ކަމަށެވެ. ނޯތް ކޮރެއާ އާއި ހުރެ މުޅި ސަރަހައްދު ވަނީ ބޮޑު ބިރުވެރިކަމެއްގެތެރޭގައި ކަމަށެވެ.
ރޮޑްރިގޯ ބުނީ އެމެރިކާ އާއި އުތުރުކޮރެއާ އިން ކުޅެން ބޭނުންކުރާ ތަކެއްޗަކީ ނުރައްކާތެރި ތަކެތި ކަމަށެވެ. "މަށަކީ ކާކު އެމެރިކާއަށް ނަޞޭޙަތްދޭން. އެކަމަކު ބުނެލަން ބޭނުމީ ނޯތްކޮރެއާ އާއި ކޫޅޭއިރު އެއީ އާދައިގަ ކަމެއްކަމަށް ނުދެކޭށޭ. މި ސަރަހައްދުގައި އެތައް މިލިއަން އިންސާނުން ދިރިއުޅޭކަން ވިސްނާށޭ."
ރޮޑްރިގޯ މިމޭރުމުން ވާހަކަ ދައްކާފައިވަނީ މެނީލާގައި ކުރިއަށް ގެންދިއަ އާސިއާންގެ ބައްދަލުވުމެއްގައެވެ.