ރަސިއާގެ ރައީސް ޕުޓިން މަޤާމުން އިސްތިއުފާ ދިނުމަށް ގޮވާލައި ގިނަ ބައަކު މުޒާހަރާކޮށްފިއެވެ.
ވެރިރަށް މޮސްކޯ އާއި އެހެން ބައެއް ސިޓީތަކުގައި މަގުތަކަށް ނުކުތް އެތައް ސަތޭކަ ބައަކު ބުނެފައިވަނީ ޕުޓިން އާއިހުރެ ގޮތް ހުސްވެއްޖެ ކަމަށެވެ. ވިސްނަ ވިސްނާ ސިކުނޑިތައް ބަލިވެއްޖެ ކަމަށެވެ.
ރައްޔިތުން ބުނީ ވެރިކަމުގަ ހުންނައިރު ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ އަމިއްލައަށް ސުވާލުކުރުން ރަނގަޅުވާނެ ކަމަށެވެ. 17 އަހަރުވީއިރު ރައްޔިތުންނަށް ހޯދައިދެވުނީ ކޮން ކުރިއެރުމެއްކަން ބުނެދޭން އެދޭ ކަމަށެވެ.
އަންނ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕުޓިން ވާދަކުރާނެކަން އަދި ޔަޤީން ކުރެވިފައެއް ނުވެއެވެ.