އަވައެފްޓީ ބަލިކޮށް ޕޮލިސް ކުލަބު ސެމީއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
އަވައެފްޓީ ބަލިކޮށް ޕޮލިސް ކުލަބު ސެމީއަށް
ކުލަބު މޯލްޑިވްސް 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ކުއާޓަރ ފައިނަލުގައި އަވައެފްޓީގެ މައްޗަށް ކުރިހޯދައި ޕޮލިސް ކުލަބު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ޕޮލިސް ކުލަބުން އަވައެފްޓީގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހައިދީފައިވަނީ ޕޮލިސް ކުލަބަށް ކުޅޭ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ ބްރެޒިލްގެ ޑި އޮލިވޭރާ ސިލްވާ އިވަނެއިޑީ އާއި ތައިލެންޑްގެ މަމްޔާލީ ސަވިތްރީއެވެ.

ސެމީ ފައިލަނުގައި ޕޮލިސް ކުލަބު ވާދަކުރާންޖެހޭނީ ޓީމް ފެނަކައާއެވެ. މިމެޗު ކުޅޭނީ 2 މެއި ވާ އަންގާރަދުވަހުގެ ރޭ 20:00 ގައެވެ.
މިއަދު އޮންލައިން