އޭޝިއާގެ އިވެންޓަކުން ފުރަތަމަ ފަހަރަށް މެޑެލް ހޯދާ ސާއިދު އަނެއްކާވެސް ތާރީޚުގެ ތެރެއަށް

ކިޔުމަށް ހޭދަވާނީ 1މ 37ސ
އޭޝިއާގެ އިވެންޓަކުން ފުރަތަމަ ފަހަރަށް މެޑެލް ހޯދާ ސާއިދު އަނެއްކާވެސް ތާރީޚުގެ ތެރެއަށް
އޭޝިއާގެ އިވެންޓަކުން ފުރަތަމަ ފަހަރަށް މެޑެލް ހޯދާ ސާއިދު ތާރީޚުގެ ތެރެއިން އަނެއްކާވެސް ޖާގަ ހޯދައިފިއެވެ.

ޓައިވާނުގައި ކުރިއަށްދާ އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސްޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދުވަނީ ލޯ މެޑަލްހޯދާފައެވެ.

އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިއަށްގެންދާ މުބާރާތުގެ އެންމެމުހިންމު އިވެންޓުގެ ތިން ވަނަ ސާއިދު ހޯދާފައިވަނީ މިއަދު މެންދުރު އޮތް އިވެންޓުގައި 10:40 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ އެއްވަނަ ހޯދީ 10:35ސިކުންތުން ރޭސް ނިންމައިގެން ޗައިނާގެ ޒޫ ހައިޔާން އެވެ. ދެވަނަ އިންޑޮނީޝިއާގެ ޔަސްޕީ ބޮބީ ހޯދީ 10:39 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސާއިދުގެ މިތާރީޚީ ފަޚުރުވެރިކަމާއެކު އޭނާ ވަނީ މީގެކުރިން ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތުލީޓެވެ. އެގޮތުން ސާއިދުވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100މީޓަރު ދުވުމުން ރަން މެޑަލް ހޯދާ، އެ ގޭމްސްގެ 200މީޓަރު ރޭހާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ.

ފައިބެއަހަރުގެ ރިއޯ އޮލިމްޕިކްސްގެޕްރިލިމިނަރީ ބުރުގެ އެއްވަނަ ހޯދި ފުރަތަމަ ދިވެހި އެތްލީޓުގެ ޝަރަފްވެސް ސާއިދު ހޯދާފައިވާ އިރު، 2015 ވަނަ އަހަރުގެ އޭޝިއަންޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުން ޖާގަހޯދާފައިވާ އިރު، ސާއިދަކީ އެ މުބާރާތުގެ ރޭންކިންގއަށް ފަހު އޭޝިއާގެ 12 ވަނައަށް އެންމެ ބާރުދުވުންތެރިޔާއެވެ.

ސާއިދުގެ މިހާރުގެ އަމާޒަކީ މި އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުމެވެ.

އޭޝިއަން ގްރޯން ޕްރީ އަކީ އޭޝިއާގެ ފެންވަރުރަނގަޅު އެތުލީޓުންނަށް ދައުވަތު ދީގެން އޭޝިއަން އެތުލެޓިކްސްއެސޯސިއޭޝަނުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައެއް ޤައުމުތަކުގެ އެންމެމަތީ ފެންވަރުގެ ދުވުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.

ސާއިދު މިހޯދި ކާމިޔާބީއަށް މިއަދުނޫހުގެ ފަރާތުން މަރުޙަބާ ކިޔަމެވެ.
މިއަދު އޮންލައިން