ޔޫއޭއީގެ ތެލުގެ ބާވަތްތައް އަގު ބޮޑުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޔޫއޭއީގެ ތެލުގެ ބާވަތްތައް އަގު ބޮޑުކޮށްފި
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ތެލުގެ ބާވަތްތަކުގެ އަގު އުފުލައިފިއެވެ. ތެލުގެ އަގު އުފުލާފައިވަނީ ލިޓަރަކުން 6 ފިލްސް އާއި 8 ފިލްސް އާއިދެމެދުގެ އަދދުތަކުންނެވެ. އެއީ ރާއްޖެއަށް ބަލައިފިނަމަ 20- 25 ލާރިއެވެ.

ޔޫއޭއީ އިން ބުނީ މާދަމާ، ހޯމަ ދުވަހުން ފަށައިގެން ތެޔޮ ވިއްކާނީ ބޮޑު ކުރި އަގުތަކަށް ކަމަށެވެ. އަދި ތެލުގެ އަގުތައް ބޮޑުކުރަންޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުކުރަމުން ގެންދާތީ ކަމަށެވެ.

ތެލުގެ އަގު އުފުލުމަށްޓަކައި ތެޔޮ އުފައްދާ ޤައުމުތަކުން ތެޔޮ އުފައްދާ އަދަދު މަދުކުރަން މިދިއަ ޑިސެމްބަރުގައި ނިންމި ނިންމުމާއި ގުޅިގެން މިހާރުވެސް ވަނީ ދުވާލަކު 1.8 މިލިއަން ފީފާ މަދުކޮށްފައެވެ. އަދިވެސް ދަނީ މަދުކުރަމުންނެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 52 ޑޮލަރަށްވުރެ މަތީގައެވެ. ތެޔޮ އުފައްދާ ޤައުމުތަކުން ބޭނުންވަނީ ފީފާއެއް 60 ޑޮލަރަށް އުފުލުމަށެވެ.

އެސްޓީއޯ އިން ވަނީ ދާދިފަހުން ވެސް ޑީސަލް ލިޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 20 ލާރި އަގުހެޔޮކޮށްފައެވެ.
މިއަދު އޮންލައިން