ދުބާއިގައި މަސައްކަތްކުރަމުން ދިއަ ބަންގާޅު ސެކިޔުރިޓީ ގާޑަކު އޭނާ ދިރިއުޅޭ ފްލެޓްގައި ހަށިވިއްކުވި މައްސަލައެއްގެ ފުރަތަމަ އަޑުއެހުމުގައި ބުރަމސައްކަތާއިއެކު 3 އަހަރު ދުވަހަށް ޖަލަށް ލުމަށް ދުބާއީ ކޯޓުން ހުކުމް ކޮށްފިއެވެ.
ހައުސްމެއިޑުންގެ ވަޒީފާ ދޭނެކަމަށް ބުނެ ކިޒްކިސްތާނުގެ 2 އަންހެނުން ދުބާއީއަށް ގެނުވައި އެމީހުން މަޅީގައި ޖައްސުވައިގެން ހަށިވިއްކުވަމުންދިއަ އުމުރުން 27 އަހަރުގެ ބަންގާޅު ސެކިޔުރިޓީ ގާޑް ކޯޓަށް ހާޒިރުކުރުމުން ތަފާތު ބަހަނާތައް ދައްކަން މަސައްކަތްކުރި ނަމަވެސް ފަނޑިޔާރުން ވަނީ އެއްވެސް ފުރުޞަތެއް އޭނާއަށް ނުދީފައެވެ.
އިސްފަނޑިޔާރު ވިދާޅުވީ ކަމުން ރެކެން އެއްވެސް ބަހަނާއެއް ނުދެއްކޭނެ ވަރަށް ފުލުހުން ވަނީ ހެކި ހޯދާފައި ކަމަށާއި ޝަރީއަތުގެ 2 ވަނަ އަޑުއެހުމެއް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
3 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވީ މަކަރުން ދެ އަންހެނުން ގެނެސް އެމީހުންގެ ބޭނުން ހިފުމަކީ އިންސާނީ ވަގުފާރިކަމަށް ބަލައިގެންނެވެ.
ރާއްޖޭގައި މިފަދަ އެތައް މައްސަލަތަކެއް ވަނީ ބަންގާޅީންގެ ފަރާތުން ފެންމަތިވެފައެވެ. ނުއެނގެނީ މައްސަލަ ނިމޭ ގޮތެކެވެ.