މަގު ފުރޭ ގޮތަށް ގެރިތަކެއް ގޮވައިގެން މީހަކު ދަނިކޮށް ގެރިތަކުން ސަލާމަތްވެ ކުރިއަރަން ބޭނުންވެގެން ކާރުގެ ބަރުގޮނު އެޅި ޑްރައިވަރެއްގެ އެއްލޯ ކަނުކޮށްލައިފިއެވެ.
ބަރުގޮނު އެޅުމުން ލިބުނު ސިހުމުގައި ގެރިތައް ދުއްވައިގަތުމުން ގެރިތައް ގޮވައިގެންދިއަ މީހާ ރުޅިގަދަވެ ކާރު ހުއްޓުވައި ގެރިތައް ހަމައަކަށް އަޅުވަން އޭނާ ގެންގުޅުނު ދަނޑިބުރިން ޑްރައިވަރަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ލޮލަށެވެ. ހަމަލާ އާއިއެކު ލޯ ވަނީ ބޭރަށް ނުކުމެފައެވެ.
ފުލުހުން ބުނީ މިހާދިސާ ހިންގާފައިވަނީ އިންޑިއާގެ ބިހާރުގެ ހައިވޭގައި ކަމަށެވެ. ލޯ ބޭރަށް ނުކުތުމުންވެސް ޑްރައިވަރަށް ބޮޑެތި އަނިޔާތައް ކޮށް ޑްރައިވަރު ހޭނެތެންދެން އަނިޔާ ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ޑްރައިވަރު ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބުނެފައިވަނީ އޭނާއަށް ކޮށްފައިވާ އަނިޔާތަކަށް ފަރުވާ ކުރެވިދާނެ ކަމަށާއި ނަމަވެސް ލޯ ބޭރަށް ނުކުމެފައިވާތީ ލޮލުގެ ފެނުން އަނބުރައި ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.