ހަނގުރާމައަށް ތައްޔާރަށް ތިބުމަށް އިންޑިއާގެ އެއާ ޗީފް އަމުރުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ހަނގުރާމައަށް ތައްޔާރަށް ތިބުމަށް އިންޑިއާގެ އެއާ ޗީފް އަމުރުކުރައްވައިފި
ކޮންމެ ވަގުތަކުވެސް ހަނގުރާމައެއް ފަށަންޖެހިދާނެ ކަމަށް ތައްޔާރަށް ތިބުމަށް އިންޑިއާގެ އެއާފޯސް ކޮމާންޑަރުންނަށް އެއާޗީފް މާޝަލް ބީއެސް ދަނޯއާ އަންގަވައިފިއެވެ.

ދަނޯއާ މިކަމަށް އެންގެވީ މިދިއަ ހަފްތާގައި އެއޭފޯސްގެ ކޮމާންޑަރުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ދަނޯއާގެ މިއަމުރުފުޅާއި ގުޅިގެން ކޮމާންޑަރުންނަށް ކުއްލި ސިހުމެއް ލިބުނު ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

އެ ޚަބަރުގައިވަނީ ޕާކިސްތާނާއިއެކު 10 ދުވަހުގެ ހަނގުރާމައެއް އަދި ޗައިނާ އާއިއެކު 15 ދުވަހުގެ ހަނގުރާމައެއް ކުރަން ޖެހިދާނެކަމަށާއި އެކަމަށް ތައްޔާރަށް ތިބި ކަމަށް ދަނޯއާ ވިދާޅުވި ކަމަށެވެ. އަދި ހަނގުރާމައަށް ބޭނުންވާ ހަތިޔާރާއި ބޯޓްތައް ޗެކްކޮށް ތައްޔާރީ ހާލަތުގައި ކަންކަން ބެހެއްޓުމަށް ވެސް ދަނޯއާ ވިދާޅުވި ކަމަށެވެ.

މިމޭރުމުން ޚަބަރުތައް ފަތުރާފައިވީ ނަމަވެސް ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއަކުން މިއިން އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުގެ އޮފިޝަލަކުވެސް މިކަން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މިޚަބަރަށް އެއްވެސް އިތުބާރެއް އަދި ނެތެވެ.
މިއަދު އޮންލައިން