ނިޔުކްލިއަރ އިތުރު ޓެސްޓްތައް ކުރާނެ ކަމަށާއި މިއީ ނިޔުކްލިއަރ ފޯރިގަދަކުރަންވީ ވަގުތު ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ ނިޔުކްލިއަރ ހަމަލާތަކުގެ މައްސަލަތައް މިހާރު ވަނީ ހައްލުކުރެވިފައި ކަމަށާއި ދެކުނު ކޮރެއާގައި ބަހައްޓާފައިވާ ދިފާޢީ ނިޒާމުތަކުން އުތުރު ކޮރެއާގެ ހަމަލާތައް ހުއްޓުވޭނެ ކަމަށެވެ.
ދެކުނު ކޮރެއާއިން ބުނަނީ ހަނގުރާމައިގެ ހުރިހާ ޙަރަދުތަކެއް ކުރަން އެމެރިކާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އުތުރު ކޮރެއާއިން ދީފާނެ ނިޔުކްލިއަރ ހަމަލާއަކަށް ބިރުގަންނަ ކަމަށެވެ.
ނިޔުކްލިއަރ މިސައިލް ފޮނުވުމުގެ ޤާބިލްކަން ލިބިފައިވާ އެމެރިކާގެ މަނަވަރު ޔޫއެސްއެސް ކާރލް ވިލްސަން މިހާރު ޖަޕާނު ކަނޑުގައި ގެންދަނީ ތަމްރީންތައް ހަދަމުންނެވެ.