ޣާޒާގެ ހަމައެކަނި އަންހެން ކެޔޮޅު- މަދްލީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޣާޒާގެ ހަމައެކަނި އަންހެން ކެޔޮޅު- މަދްލީން
ޤަބޫލުކުރަން ދަތިވި ނަމަވެސް އުމުރުން 23 އަހަރުގެ މަދްލީން އަކީ ފަލަސްޠީނުގެ ޣާޒާގެ ހަމައެކަނި އަންހެން ކެޔޮޅެލެވެ. އޮޑިވެރިޔާއެވެ.

މަދްލީން އެންމެ ފުރަތަމަ މަހަށް ދިއައީ ބައްޕައާއިއެކު އުމުރުން 6 އަހަރުގައެވެ. މަސްވެރިކަން ވެގެންދިއައީ މަދްލީން ވަރަށް ޝައުޤުވެރިވާ ކަމަކަށެވެ.

އުމުރުން 13 އަހަރުގައި ބައްޕައަށް ޖެހުނު ބައްޔެއްގެ ސަބަބުން މަހަށް ދެވޭނެ ގޮތެއް ނުވިއެވެ. ދޯނި ހުއްޓިއްޖެއެވެ. ޢާއިލާއަށް އާމްދަނީ ލިބޭނެ ގޮތް ހުސްވީއެވެ.

މަދްލީން ގަސްދުކުރީ ދޯނީގައި މަހަށްދާން ފަށާށެވެ. ޢާއިލާއަށްޓަކައެވެ. އުމުރުން 13 އަހަރުން ފެށިގެން ކޮންމެ ރެއަކު ފަތިހު 5 ޖަހާއިރު އޭނާ ތެދުވެއެވެ. މަހަށް ދިއުމަށްޓަކައި ދައުތައް ތައްޔާރުކުރެއެވެ. ހަމަ އޭނާގެ ބައްޕަވެސް އެ މަސައްކަތް ކުރި ގޮތަށެވެ.

ފިރިހެނުން ފަދައިން މަދްލީން ހަމަ ކޮންމެ ދުވަހަކުވެސް މަހަށްދެއެވެ. ފަޅުވެރިން ގޮވައިގެން ދޯނީގައި ކުރަންޖެހޭ މަސައްކަތްތައް ކުރެއެވެ. މަދްލީން ބުނީ އެންމެންވެސް އޭނާއަށް ވަރަށް ރަނގަޅު ކަމަށެވެ. ދަރިއެއް ނުވަތަ ގާތް އަންހެނެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އޭނާ މަސްވެރިކަން ކުރަނީ ހަމަ ކުރާ ހިތުން ކަމަށެވެ.

ޢާޒާއަށް ބަލާއިރު ޣާޒާއަކީ އެންމެ މަދު ބައަކަށް ވަޒީފާ ލިބިފައިވާ ސިޓީއެވެ. ޣާޒާގައި މަސައްކަތްކުރަނީ ޖުމުލަ އާބާދީގެ 42 އިންސައްތައެވެ. އެއިގެ ތެރޭގައި ހިމެނެނީ އަންހެނުންގެ އެންމެ 15 އިންސައްތައެވެ. އެހެންކަމުން ވަޒީފާއެއް ނުލިބޭނެކަމަށް ބަލައި މަދްލީން ކުރަމުން ގެންދާ ހިތްވަރަސް ހަމަ އައްސަރިބަހާއި ސާބަސް ހައްޤެވެ.
މިއަދު އޮންލައިން