ޕްރިޔާންކާ ގެ ތަފާތު ހެދުމަށް ގިނަ ބައެއްގެ ފާޑު ކިޔުން

ކިޔުމަށް ހޭދަވާނީ 1މ 32ސ
ޕްރިޔާންކާ ގެ ތަފާތު ހެދުމަށް ގިނަ ބައެއްގެ ފާޑު ކިޔުން
މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ކުޅަދާނަ އެކްޓެއް ދައްކުވާދެމުންދާ ހުނަރުފެރި ފަންނާނެކެވެ.

އެކްޓިންގ ގެ އިތުރުން ލަވަކިޔުމުން ވެސް ޕްރިޔާންކާ ވަނީ ބެލުންތެރިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ހޯދާފައެވެ. އަދި މީގެއިތުުރުން އެންމެ ރީތިކޮށް ހެދުން އަޅާ އެކްޓަރުންގެ ލިސްޓުގައި ވެސް ޕްރިޔާންކާ ގެ ނަން އެންމެ ކުރީގައި ހިމެނެއެވެ.

ނަމަވެސް މިފަހަރު، ނިއު ޔޯކްގައި މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގެ ފަރާތުން ބޭއްވި މިއަހަރުގެ މެޓް ގާލާ ޚަފްލާއަށް ޕްރިޔާންކާ ލީ ހެދުން ގިނަ ބަޔަކަށް ކަމުނުދިޔުމުގެ އިތުރުން ގިނަބަޔަކު ވަނީ ޓްވިޓާރ ގައި އެހެދުމަށް ޖޯކުވެސް ޖަހާފައެވެ.

މެޓް ގާލާ ޚަފްލާއަށް ޕްރިޔާންކާ ލައިގެން ދިޔައީ ވަރަށް ވެސް ދިގު، ރަލްފް ލޯރެން ޓްރެންޗް ކޯޓެކެވެ.

ބައިނަލްއަޤްވާމީ ފެޝަން ކްރިޓިކްސް އިން ޕްރިޔާންކާގެ މިހެދުމަށް ސަނާ ކިޔާ، މިއީ އޭނާއާއި ވަރަށް ގުޅޭ ހެދުމެއް ކަމަށް ބުނެފައިވާއިރު، ގިނަ ބެލުންތެރިންގެ ޚިޔާލު މުޅިން ތަފާތެވެ. އޭގެ ތެރެއިން އެއްބަޔަކުގެ ފާޑުކިޔުން ވަރަށް ނޭދެވޭ ގޮތަކަށް ހުރި ކަމުގައި ވިޔަސް، އަނެއް ބަޔަކުގެ ފާޑު ކިޔުންތައް ނުހަނު މަޖަލެވެ.



އެއްބަޔަކު ޕްރިޔާންކާގެ ހެދުމަކީ ގޭތެރެ ފަސޭހައިން ސާފުކުރަން ބޭނުންކުރާ ހެދުމެއް ކަމަށް ބުނާއިރު، އަނެއް ބަޔަކު ބުނެފައިވަނީ މަޝްހޫރު އެކްޓަރ އާމިރު ޚާން ފިލްމު 'ގަޖްނީ' ގެލަވައެއް ކުޅުނީ ޕްރިޔާންކާގެ އެހެދުން މަތީގައި ކަމަށެވެ.



ޕްރިޔާންކާ ޗޯޕްރާ އަކީ އަބަދުވެސް މީހުންގެ ފާޑުކިޔުންތަކަށް މާބޮޑު އަޅާލުމެއް ނުބަހައްޓާ ވަރަށް ހަމަޖެހިގެން ކަންކަމާއި ކުރިމަތިލާ އެކްޓްރެސް އެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
މިއަދު އޮންލައިން