ކުލަބު މޯލްޑިވްސް ކަޕުގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ތަފާތުބޮޑު ނަތީޖާއަކުން ޕޮލިސް ކުލަބު ބަލިކުރުމަށް ފަހު ޓީމު ފެނަކައިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ވިލިފުލުސް ކުތިމަތީ އޮންނަ ވެލިދަނޑުގައި މިރޭ ކުޅުނު މެޗު ފެނަކައިން ކާމިޔާބުކުރީ 10-0 ލަނޑުންނެވެ.
މުޅިމެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ފެނަކަ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް އެޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
އެހެންނަމަވެސް ޕޮލިހުންވެސް ދޭތެރެ ދޭތެރެއިން ފެނަކަ ގޯލަށް ވަނީ ނުރައްކާ ކޮށްފައެވެ. އެކަމަކު ޕޮލިސް ޓީމަށް ގޯލެއް ކާމިޔާބުވާގޮތެއް ނުވިއެވެ.