އަންހެނަކު ގެއިން ބޭރުގައި މޯބަލް ފޯން ބޭނުންކޮށްފިނަމަ 21،000 އިންޑިއަން ރުޕީސް އިން ޖުރުމަނާކުރަން އިންޑިއާގެ އުއްތަރު ޕްރެދޭޝްގައި އޮންނަ މުސްލިމުންގެ ގިނަ ބައަކު ދިރިއުޅޭ މަދޯރާ އަވަށުގެ ކައުންސިލުން ނިންމައިފިއެވެ.
ޕޮލިސް ޗީފް އަރުން ކުމާރު ސިންހް ބުނެފައިވަނީ މިފަދަ ގޮތަކަށް ފާސްކުރީ ގިނަ އަދަދެއްގެ އަންހެނުން ގެއިން ބޭރަށް ނުކުތުމަށްފަހު މޯބައިލް ފޯނުން ހިލޭ ފިރިހެނުންނާއި ވާހަކަ ދައްކައި އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ގުޅުންތައް ބާއްވަމުން ގެންދާކަމުގެ ޝަކުވާތައް ލިބެމުން އަންނާތީ ކަމަށެވެ.
ޕޮލިސް ޗީފް ބުނެފައިވަނީ މިބާވަތުގެ ކަންކަމުގައި ޤާނޫނަށް އިހްތިރާމްކުރަންޖެހޭ ކަމަށެވެ. އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އަމަލުތައް ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި ހަމައެއާއިއެކު އަންހެނުންގެ މިނިވަންކަން ވެސް ހިމާޔަތްކުރެވެން ޖެހޭނެ ކަމަށެވެ.
އަންގާރަ ދުވަހު އެ އަވަށުގައި ފަސްކުރިި ކަންކަމުގެ ތެރޭގައި ގެރިކަތިލުމުން ޖުރުމަނާކުރުމާއި އަވަށަށް ބަނގުރާ އެތެރެކުރާ މީޙުން ޖުރުމަނާކުރުން ވެސް ހިމެނެއެވެ.