ޓީއެފްއޭ ސްޕަރކިޑްސްގެ ރަން މާދަމާ ބާއްވަނީ..

ކިޔުމަށް ހޭދަވާނީ 1މ 17ސ
ޓީއެފްއޭ ސްޕަރކިޑްސްގެ ރަން މާދަމާ ބާއްވަނީ..
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން (ޓީއެފްއޭ) އިން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ދުވުން މާދަމާ އޮންނާނެއެވެ.

ޓީއެފްއޭ އިން ބުނީ ހުޅުމާލޭގައި މާދަމާ ހެނދުނު ބާއްވާ މި ދުވުމުގައި 100 ދުވުންތެރިން ބައިވެރިކުރުމަށް ކުރިން ނިންމާފައިވީ ނަމަވެސް ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި އެދިފައިވާ ހުރިހާ ދުވުންތެރިންނަށް ފުރުޞަތުދީ ޖުމްލަ 150 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

ދެ ޢުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ދުވުމުގައި 9 އަހަރުން ދަށުގެ ކުދިން ދުވަން ޖެހޭނީ 2 ކިލޯމީޓަރަށެވެ. އަދި 14 އަހަރުން ދަށުގެ ކުދިން ދުވަން ޖެހޭނީ 3 ކިލޯމީޓަރަށެވެ. ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝަރ މެޑެލް އާއި ސެޓްފިކެޓެއް ދިނުމަށް ވަނީ ނިންމާފައިވާ އިރު، ކުޑަކުދިންގެ ދުވަހާވެސް ގުޅުވައިގެން ބާއްވާ މި ހަރަކާތަކީ ޓީއެފްއޭ އުފެއްދިފަހުން ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ނުވަތަ ޓީއެފްއޭ އަކީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު އާއި ރާއްޖޭގެ ލޯންގެ އެންޑް ޑިސްޓެންސް ނުވަތަ ދިގު ދުވުންތެރިން ތަމްރީންކުރާ ޤައުމީ ކޯޗް ޢަބްދުﷲ އިބްރާހިމް އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.

ޓީއެފްއޭގެ މަޤުޞަދުތަކުގެ ތެރޭގައި ކުޑަކުދިންނަށާއި ޢާންމުންނަށް ކަސްރަތުގެ ހުނަރު އިތުރު ކުރުމާއި ދުވުމަށް ޝައުޤުވެރިކަން މިހާރަށްވުރެ އިތުރު ކުރުން ހިމެނެއެވެ. އެގޮތުން އެ އެސޯސިއޭޝަނުން މިހާރުވެސް އަންނަނީ ދުވުމަށް މީހުން ތަމްރީނު ކުރަމުންނެވެ.
ޓީއެފްއޭ ސްޕަރކިޑްސްގެ ނަމުގައި ކުޑަކުދިންނަށް ޚާއްޞަ ދުވުމެއް ބާއްވަނީ
މިއަދު އޮންލައިން