ޝާރްޖާގެ ދިރިއުޅޭ އުމުރުން 23 އަހަރުގެ މަލަޔާލަމް ފިލްމީ ތަރިއަކަށް ބައިކިލޯ ރަން "ނަޞީބަކުން" ލިބިއްޖެއެވެ.
އޭނާއަށް ނަޞީލިބުނީ އިއްޔެ އޭނާގެ ބައްޕަ ދަރިން ގޮވައިގެން ގޮސް ރަނާއި ޖަވާހިރު ގަތުމުން ލިބުނު ކޫޕަން ފުރައިގެންނެވެ. "އަހަރެމެން އެންމެންވެސް ކޫޕަން ފުރިން. އެކަމަކު އަހަންނަށް މިލިބުނީ ނަޞީބު''
3 ފިލްމު ކުޅެފައިވާ ނެށުންތެރިޔާ، އައިމާ ބުނީ ލިބުނު ރަންތައް ރައްކާކޮށްފައި ބަހައްޓާނީ ކަމަށާއި ބޭނުންކުރާނީ ކައިވެންޏަށް ކަމަށެވެ. އައިމާ އަކީ މިހާރުވެސް މަތީ ތައުލީމަށް ކިޔަވަމުން ގެންދާ ދަރިވަރެކެވެ.
އައިމާގެ މައިންބަފައިން ޝާރުޖާގައި އުޅޭތާ 20 އަހަރުވެއްޖެއެވެ. އައިމާ ބުނީ އޭނާއަށް މި ނަޞީބް ލިބުނީ ޝާރްޖާގައި ދިރިއުޅޭތީ ކަމަށާއި ޝާރުޖާގައި އަބަދުވެސް ދިރިއުޅެން ބޭނުންވާ ކަމަށެވެ.