ދުނިޔޭގެ އެންމެ ފަލަ އަންހެނާ، މިޞުރުގެ އީމާން އިތުރު ފަރުވާއަށް އަބޫދާބީއަށް ގެންގޮސްފިއެވެ. އަބުދާބީގައި އޭނާއަށް ފަރުވާދޭނީ ބުރުޖީލް ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ.
އީމާން އަބޫދާބީއަށް ގެންދިޔައީ ޑޮކްޓަރުންގެ ޚާއްޞަ ޓީމެއް އެނާ ފަރުވާ ހޯދަމުންދިއަ މުމްބާއީގެ ސައިފީ ހޮސްޕިޓަލަށް ގޮސް ޞިއްޙީ ދަތުރަކަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެންނެވެ. ދަތުރަށް ފިޓްކަން ބެލުމަށް ކުރަންޖެހޭ ކަންކަން ވެސް ކުރުމަށްފަހުގައެވެ.
ސައިފީ ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަންތަކުން އީމާން ވަނީ ކުރިން ހުރި 500 ކިލޯއިން 250 ކިލޯއަށް ލުއިވެފައެވެ. އީމާންގެ ކޮއްކޮ ބުނަނީ ސައިފީ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަރަށް ފަރުވާ ކުޑަ ކަމަށާއި އަޅައިނުލާ ކަމަށެވެ. އަދި އިތުރު ފަރުވާ ދިނުމަށް ބޭނުންކުރާނެ ވަސީލަތްތައްވެސް އެ ހޮސްޕިޓަލުގައި ނެތް ކަމަށެވެ.
ބުރުޖީލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވަނީ އީމާނަށް ދޭންޖެހޭނީ ދިގު މުއްދަތުން ދޭންޖެހޭ ފަރުވާ ކަމަށެވެ. އެހެންކަމުން ބޭނުންވާ ނަތީޖާ ނެރެން ވަގުތު ނަގާނެ ކަމަށެވެ.