ދަގަނޑުކޮޅެއް އޮތް ކޭކުފޮތްޗެއް ކެވިގެން ޑޮކްޓަރަކު އޮޕަރޭޝަންކުރަން ޖެހުމުން ބޭކަރީ 1މިލިއަން ދިރުހަމުން ޖުރުމަނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ދަގަނޑުކޮޅެއް އޮތް ކޭކުފޮތްޗެއް ކެވިގެން ޑޮކްޓަރަކު އޮޕަރޭޝަންކުރަން ޖެހުމުން ބޭކަރީ 1މިލިއަން ދިރުހަމުން ޖުރުމަނާ!
ދުބާއީގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ދަގަނޑުކޮޅެއް އޮތް ކޭކުފޮތްޗެއް ކެވިގެން އޮޕަރޭޝަންކުރަންޖެހުމުން ކޭކް ސަޕްލައިކުރި ބޭކަރީ 1 މިލިއަން ދިރުހަމުން ޖުރުމަނާކޮށްފިއެވެ.

ކޯޓުން ބުނީ 1 މިލިއަން ދިރުހަމަކީ ވެސް ކުޑަ އަދަދެއް ކަމަށެވެ. ސަބަބަކީ ކޭކް ފޮތްޗާއިހުރެ ޑޮކްޓަރު އޮޕަރޭޝަން ކުރަންޖެހުމުން އޭނާ އެޑްމިޓްކޮށް ފަރުވާދެމުން ދިއަ ބަލި މީހުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށް ގެއްލުންތަކެއް ލިބިފައިވާތީ ކަމަށެވެ.

ކޯޓުން ބުނީ ކުދި އަދަދުތަކުން ޖުރުމަނާ ކުރުމުން ކުރެވުނީ ކުށެއްކަމަށް ޤަބޫލުނުކުރެވޭނެ ކަމަށާއި ބޮޑެތި އަދަދުތަކުން ޖުރުމަނާ ކުރުމުން ނޫނީ ކަންކަން އިޞްލާޙް ނުކުރެވޭނެ ކަމަށެވެ.

ޑޮކްޓަރު މާ މަޖާވެގެންހުރެ ނުހަފާ ކޭކުފޮތި ކައިލީ ނޫންބާވައެވެ. ކޮންމެ ގޮތަކުން ނަމަވެސް ހާދިސާ މިވަނީ ހިނގައިފައެވެ.
މިއަދު އޮންލައިން