ޓްރަމްޕް ފަލަސްޠީނުގެ މައްސަލައިގައި ވާހަކަ ދައްކަން ދަނީ އިޒްރޭލަށާ ސައުދިއަރަބިޔާއަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޓްރަމްޕް ފަލަސްޠީނުގެ މައްސަލައިގައި ވާހަކަ ދައްކަން ދަނީ އިޒްރޭލަށާ ސައުދިއަރަބިޔާއަށް
މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަން ކަމަށްބުނެ އެމެރިކާގެ ރައީސް ޓްރަމްޕް ދިއުމަށް ހަމަޖެހިފައިވަނީ އިޒްރޭލަށާއި ސައުދިއަރަބިޔާއަށެވެ. ޓްރަމްޕްގެ ޗާޓުގައި ފަލަސްޠީނެއް ނެތެވެ.

ޓްރަމްޕް ބުނީ އޭނާ ޤައުމުން ބޭރަށް ކުރާ ފުރަތަމަ ދަތުރުގައި އިޝްރާލަށާއި ސައުދިއަރަބިޔާއަށް އަދި ވަޓިކަނަށް ދާނެ ކަމަށެވެ. މިދަތުރުގެ ތެރެއިން ޖީ7ގެ ބައްދަލުވުމެއްގައިވެސް ބައިވެރިވާނެ ކަމަށެވެ.

ޓްރަމްޕް ބުނީ މުސްލިމުންނަށާއި ޔަހޫދީންނަށް އަދި ކްރިސްޓިއަނުންނަށް ގުޅިގެން އެޅުވެންޖެހޭނެ ކަމަށެވެ. މިމޭރުމުން ބުނެފައިވާއިރު އެމެރިކާއަށް 7 ޤައުމެއްގެ މުސްލިމުން އެރުން މަނާކުރުމުގެ އިތުރުން ކެނެޑާގެ މުސްލިމުންނަށްވެސް ޓްރަމްޕް ގެންދަނީ އެމެރިކާއަށް އެތެރެވުމަށް ހުރަސްތައް ކުރިމަތިކުރުވަމުންނެވެ.

އެހެންކަމުން ޓްރަމްޕް މިބުނާ ބަހުގެ މާނައަކީ ފަލަސްޠީނަކީ އިޒްރޭލުގެ ބައަކަށް ހެދިނަމަވެސް އެކުގައި އުޅެވޭނެކަމަށް އޭނާ ޤަބޫލުކުރާ ވާހަކަ ކަމަށް ޤަބޫލުކުރަންޖެހެއެވެ. ޓްރަމްޕް ފައުޅުގައި ނުބުނި ނަމަވެސް ޓްރަމްޕުގެ އަމަލުތަކުން ފަލަސްޠީން ދާއިމީ ގޮތެއްގައި އަޅުވެތިކުރަން އިޒްރޭލުން ކުރަމުން ގެންދާ މަސައްކަތްތަކަށް އޭނާ ތާއީދުކުރާކަން ދަނީ ހާމަވަމުންނެވެ.

ސައުދިއަރަބިޔާއކީ ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް އެންމެ ބޮޑަށް ބާރު އަޅާ ޤައުމެވެ. އެހެންކަމަށްވާއިރު ޓްރަމްޕަށް ސައުދިއަރަބިޔާ ދީލުވައިލެވިދާނެބާވައެވެ!

މުސްލިމުންނާއި ކްރިސްޓިއަނުންނާއި ޔަހޫދީން ގުޅިގެން އުޅެވޭނެ ކަމަށް ބުނާއިރު ޓްރަމްޕް ވެރިކަމަށް އައިފަހުން އެމެރިކާގައި މުސްލިމުންނަށް ކުރާ ގޯނާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިސްކިތްތަކަށް ހަމަލާދިނުން ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންކަމުން ޓްރަމްޕަކީ އެއްވެސް ދެކޮޅު ޖެހޭ ވާހަތަކެއް ދައްކާ މީހެއް ކަމަށް ބެލެވެކަށް ނެތެވެ.
މިއަދު އޮންލައިން