އެމެރިކާގެ ފްލައިޓަކުން އަނެއްކާވެސް މުސްލިމް ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު ބޭރުކޮށްލައިފިއެވެ. މިދިއަ ހަފްތާގައި މިކަންކުރީ ޑެލްޓާ އެއާލައިނުންނެވެ.
ފްލައިޓްގެ ސީޓުތަކަށްވުރެ ފަސިންޖަރުން ގިނައިން އެރުވުމަށްފަހު ދެމަފިރިންނަށް އެންގީ ދަރިފުޅުގެ ގޮނޑި ހުސްކުރުމަށެވެ. ދެމަފިރިން އެކަމަށް އިއުތިރާޒްކުރީ އެއީ ހަވާއީ އިން ކެލިފޯނިއާއަށް ކުރާ ދަތުރަކަށްެފައި ދަރިފުޅަކީ އެހައި ދިގު ދަތުރެއްގައި އުނގުގައި ބައިންދައިގެން ގެންދެވޭވަރަށްވުރެ ބޮޑު ކުއްޖަކަށްވާތީއެވެ.
އެހިސާބުން އެއްވެސް ބެލުމެއް ރަހުމެއް ނެތި އާއިލާ ގަދަކަމުން ފްލައިޓުން ބޭރުކޮށްލާފައި ފުރައިގެންދިއައީއެވެ. އެމެރިކާގެ ވެރިކަމަށް ޓްރަމްޕް އިންތިޚާބުވީންސުރެ އެމެރިކާގެ އެއާލައިންތަކުން މުސްލިމުންނާއިމެދު އަމަލުކުރަނީ ޖަނަވާރުންނާއިމެދު ކަންކަން ކުރާ އުޞޫލުންނެވެ.
ދާދިފަހުން އެމެރިކާގެ އެއާލައިނަކުން ހަމަ މިފަދަ ހާލަތުގައި ގަދަކަމުން ފަސިންޖަރަކު ބާލަން އުޅުމުގެ ތެރޭގައި ވަނީ އޭނާގެ ނޭފަތު ކަށިގަނޑާއި ދަތެއް ބިންދާލައިފައެވެ. އެމައްސަލަ ބަލާކަމަށް ބުނެ އެމެރިކާއިން ގެންދަނީ ޑްރާމާ ކުޅެމުންނެވެ.