ގިނަ ޤައުމުތަކަކުން ބައިވެރިވާ ހޮޓްއެއާ ބެލޫން ފެސްޓިވަލެއް ތައިލަންޑުގެ ހަޓް ޔާއީގައި ފަށައިފިއެވެ.
މިއަދުން ފެށިގެން އާދީއްތަ ދުވަހަށް ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ތައިލަންޑްގެ އިތުރުން 13 ޤައުމަކުން ބައިވެރިވެއެވެ. އެއިގެ ތެރޭގައި ބެލްޖިއަމް، ޖަޕާން އަދި އެމެރިކާ ފަދަ ޤައުމުތައް ހިމެނެއެވެ.
1 ލައްކަ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ބެލޫންތަކުގެ އިތުރުން ކެއުމާއި މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކެއް ވަނީ އިންތިޒާމުކޮށްފައެވެ.