ތައިލަންޑްގެ ގަވަރުނަރަކު ކުޑަކުއްޖަކާ ބެހޭ މައްސަލައެއް ފެންމަތިވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ތައިލަންޑްގެ ގަވަރުނަރަކު ކުޑަކުއްޖަކާ ބެހޭ މައްސަލައެއް ފެންމަތިވެއްޖެ
ތައިލަންޑްގެ މައެ ހޮން ސޮން ޕްރޮވިންސްގެ ގަވަރުނަރު ސުއެބެސަކް ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޕޮލިސް ޗީފް ބުނީ އެކަމުން ގަވަރުނަރަށް ނުރެކެވޭ ވަރުގެ ހެކިތައް ހޯދިފައިވާ ކަމަށާއި ނަމަވެސް އަދި ހާމަ ނުކުރާނެ ކަމަށެވެ. ހޯމް މިނިސްޓްރީން ގަވަރުނަރުގެ މައްސަލަތަކެއް މިހާރުވެސް ބަލަމުން ގެންދާތީ މިވަގުތު ހާޒިރުކުރަން ބޭނުން ނޫން ކަމަށްވެސް ޗީފް ބުނެއެވެ.

ފުލުހުންގެ ތުހުމަތުތައް ގަވަރު ގެންދަނީ ދޮގުކުރަމުންނެވެ. އޭނާ ބުނަނީ ޤާނޫނާއި ޚިލާފް އެއްވެސް އަމަލެއް އޭނާ ނުކުރާ ކަމަށެވެ.

ތައިލަންޑަކީ މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާ ޤައުމެކެވެ. ވެރިންގެ ކިބައިން ޤަނޫނާ ޚިލާފް އަމަލެއް ފެނިއްޖެނަމަ ބޮޑެތި އަދަބުތައް ދެމުން ގެންދާ ޤައުމެކެވެ.
މިއަދު އޮންލައިން