ސަރަހައްދީ އެކުވެރިކަމާއި އެއްބާރުލުމާ ޖެހުމުން ޖައްވުގައި މިންއަޅާކަށް ނުޖެހޭ: ބޮޑުވަޒިރު މޯދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސަރަހައްދީ އެކުވެރިކަމާއި އެއްބާރުލުމާ ޖެހުމުން ޖައްވުގައި މިންއަޅާކަށް ނުޖެހޭ: ބޮޑުވަޒިރު މޯދީ
ސަރަހައްދީ އެކުވެރިކަމާއި އެއްބާރުލުމާއި ޖެހުމުން ޖައްވުގައި މިންއަޅަން ނުޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިމޭރުމުން ވިދާޅުވީ އިންޑިއާ އިން މިއަދު ހަވީރު 4:30 ހައިއިރު އުދުއްސާލި ޖީސެޓް 9 ގެ ނަމުން ނަންދީފައިވާ ސައުތު އޭސިއާ ސެޓެލައިޓް އުދުއްސާލުމާއި ގުޅިގެންނެވެ.

މި ސެޓެލައިޓަކީ އިންޑިއާގެ ސްޕޭސް ރިސަރޗް ސެންޓަރުގެ އަމިއްލަ އުފެއްދުމެކެވެ. ސެޓެލައިޓް އުދުއްސައިލީ ސަތިޝް ދާވަން ސްޕޭސް ސެންޓަރުންނެވެ. ދެވަނަ ޕޭޑޫން އުދުހިގަތީ ހަވީރު 4:57 ގައެވެ.

235 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން އުފެއްދި މި ސެޓައިލައިޓުގެ އުމުރަކަށްވާނީ 12 އަހަރެވެ. ސަރަހައްދުގެ ޤައުމަކަށް އެއްވެސް ބާވަތެއްގެ ކާރިސާއެއް ކުރިމަތިވެއްޖެނަމަ އެކަން ދެނެގަނު މައުލޫމާތު ހާމަކުރުމުގެ ޤާބިލުކަން ސެޓެލެއިޓަށް ވަނީ ލިބިފައެވެ.

އިންޑިއާ އިން މިއަދު ހަވީރު 4:30 ހައިއިރު އުދުއްސާލި ޖީސެޓް 9 ގެ ނަމުން ނަންދީފައިވާ ސައުތު އޭސިއާ ސެޓެލައިޓަކީ އިންޑިއާ އިން ދިން އަގު ބޮޑު ހަދިޔާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.

ސެޓެލައިޓް އުދުއްސާލި ވަގުތު މިކަމުގައި ބައިވެރިވާ ދިވެހިރާއްޖެ، ނޭޕާލް، ބޫޓާން، އަފްޣާނިސްތާން ބަންގްލަދޭޝް އަދި ސްރީލަންކާގެ އިސްވެރިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއިއެކު ލައިވްކޮށް ޕްރެސް ކޮންފަރެންސެއް ބާއްވަވައިފައެވެ. މިމަޝްރުއުގައި ބައިވެރި ނުވަނީ ޕާކިސްތާން އެކަންޏެވެ.

މި ސެޓެލައިޓުގެ ސަބަބުން ރާއްޖެއަށާއި މިކަމުގައި ބައިވެރިވާ ޤައުމުތަކަށް ހެޔޮ އަގުގައި މުވާސަލާތީ ޚިދުމަތްތައް ލިބޭނެއެވެ. އަދި ނޭޕާލާއި ބޫޓާން ފަދަ ޤައުމުތަކަކީ އުސްފަރުބަދަތައް ހުންނަ ޤައުމުތަކަށް ވުމުން މުއާސަލާތީ ގޮތުން ކުރިމަތިވަމުން އަންނަ ހުރަސްތައް ވެސް ނައްތައިލެވޭނެއެވެ.

ހަމައެއާއިއެކު ކާރިސާގެ ވަގުތުތަކުގައި އެއްގައުމުން އަނެއް ޤައުމަށް މުއާމަލާތު ކުރެވޭނެ ޚާއްޞަ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން