އެެމރިކާގެ އަޅުވެތިކަމުން ދުވަހަކުވެސް އިރާޤަށް ސަލާމަތެއް ނުވެވޭނެކަމުގެ ޔަޤީންކަން މިހާރު މިވަނީ ލިބިފައެވެ.
އެމެރިކާގެ އަޅުވެތިކަމަކީ އިރާޤް ރައްޔިތުންނަށް އޮތް ކިތަންމެ ބޮޑު ބިރެއް ނަމަވެސް އަދި އެއީ އުފުލަންޖެހިފައިވާ ކިތަންމެ ބޮޑު ބަރަކަށްވީ ނަމަވެސް ސަލާމަތް ކަމެއް ނެތެވެ.
އެމެރިކާއިން ކުރިން ބުނަމުން އައީ ސައްދާމް ހުސައިނަށް ތާއީދުކުރާ މ،ީޙުންނަކީ "ފުރާތަތަކެއް" ކަމަށާއި އެމީހުންގެ ކިބައިން އިރާޤް ސަލާމަތްކުރެވުމުން އިރާޤުން އެމެރިކާ ސިފައިން ބާލާނެ ކަމަށެވެ.
މިހާރު ބުނަނީ އައިއެސްގެ ނުރައްކަލުން ސަލާމަތް ކުރެވުނީމާ ނޫނީ ނުފައިބާނެ ކަމަށެވެ.
އައިއެސްގެ ކިބައިން ސަލާމަތްވެވުމަކީ ވާނެކަމެއްބާވައެވެ! އެއްކޮޅުން އައިއެސް ބަލިކުރުމުގެ ނަމުގައި ހަމަލާތައް ދެމުން އަނެއްކޮޅުން އައިއެސްއަށް އެންމެ ގިނަ ހަތިޔާރާއި ތަމްރީނު ދެނީ އެމެރިކާއިންކަން އެއީ އެނގޭކަމެކެވެ.
13 މިލިއަން ޑޮލަރުގެ އަގުހުރި މަންމަ ބޮން އެޅުމުން 92 މީހުން މަރުވިއިރު އޭގެ ތެރޭގައި ހިމެނެނީ އައިއެސްގެ ކިތައްމީހުންކަން ބުނަން އަދިވެސް ވަނީ ނުކުޅެދިފައެވެ. އެހެންކަމުން މިވާނުވާ އެންމެނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ.
އެމެރިކާއަކީ އެއްވެސް ކަމެއް އެމީހުންނަށް ބޮޑު ފައިދާއެއް ލިބޭގޮތަށް ނޫނީ ކުރާ ޤައުމެއް ނޫނެވެ. އެހެންކަމުން ޤަބޫލުކުރެވެނީ އެމެރިކާއަށް އެއްވެސް ބޭނުމެއް ނުހިފިފައި އޮތް މި ބޮޑު ބިޔަ މަންމަ ބޮން އެމެރިކާއިން އިރާޤަށް ވިއްކައިލީ ކަމަށެވެ. 13 މިލިއަން ޑޮލަރާއި އެކަމަށް ހިނގި ޚަރަދަސްވާވަރަށް އިރާޤުން ތެޔޮ އަތުލާ ގޮތަށެވެ.
ހުކުރު ދުވަހު އެސޯސިއޭޓް ޕްރެސްއަށް އިރާޤުން ދިން ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ ސިފައިން ޤައުމުން ބޭލުމާއިމެދު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. އެމެރިކާއިން ބުނެފައިވަނީ އިރާޤުން ފައިބާނީ އައިއެސް ބަދަލުކުރެވުނީމާ ކަމަށެވެ.